Advertisement

21 Sep 2023
ޚަބަރު

”އެލައިޑް ފެސްޓް“ މާދަމާ ހަވީރު ހުޅުމާލޭގައި، ދާންވާނެ!

އެލައިޑް އިންޝުއަރެންސްއިން ބާއްވާ ”އެލައިޑް ފެސްޓް“ މާދަމާ އޮންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މިއީ އާއިލާއާއިއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެލައިޑުން ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލްގައި ތަފާތު އެކިއެކި ގޭމްތަކާއި، ހަދިޔާ ލިބޭނެ އެކިއެކި ހަރަކާތްތަކާއި އަދި މަޖާ ގިނަ ކަންކަން ކުރިއަށްދާނެކަމަށް އެލައިޑުން މައުލޫމާތުދެއެވެ.

“އެލައިޑް ފެސްޓް“ ކުރިއަށްދާނީ މާދަމާ ހަވީރު 4 އިން 6 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު އެލައިޑުން ވަނީ ހުރިހައި ފަރާތްތަކަށް ހުޅުވާލާފައެވެ. ހުރިހައި އާއިލާތަކުންވެސް ތުއްތު ކުދިން ގޮވައިގެން މި ފެސްޓިވަލަށް އައުމަކީ އެލައިޑްގެ ވަރަށް ބޮޑު އެދުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.
18 Sep 2024
ޚަބަރު
އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ، ގ. ބެރުގެ އުމުރުން 44 އަހަރުގެ މުޙައްމަދު ނަވީންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޟިރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިއްޔެ ކަމަށެވެ. އިމިގްރޭޝަންގެ އޮފިސަރެއް ކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބިދޭސީ އެއްގެ އަތުން 9000ރ ފޭރިގަތް މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގައެވެ.
18 Sep 2024
ޚަބަރު
މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލައި އަދި އޭނާ ލައްވައި މަސްތުވާތަކެތި ވިއްކުވުމުގައި ސިފައިންގެ ދެމީހުން ބައިވެރިވި: ފުލުހުން
ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ސިފައިންގެ ދެމީހުންނާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ޙިއްޞާކޮށްފައި ވާނޭ ކަމަށެވެ. އަދި އެމީހުންނާއި މެދު އެއިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނީ އެ އިދާރާއިންކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.
18 Sep 2024
ޚަބަރު
ޒަކިއްޔާގެ ޕޯސްޓް މޯޓަމް ނުހެދީ ތަޙްޤީޤަށް އެކަން މުހިއްމު ކަމަށް ނުފެންނާތީ: ފުލުހުން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ތަޙްޤީޤަށް ބޭނުންވާ ސާމްޕަލްތައް ނަގައި އަނބުރައި ރަށަށް ފޮނުވައި ހަށިގަނޑު ވަޅުލީ، ޕޯސްޓް މޯޓަމް ހެދުން މުހިއްމުކަމަށް ތަޙްޤީޤަށް ނުފެންނާތީ ކަމުގައެވެ. އެހެން ނަމަވެސް ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހްޤީޤުތައް އަދިވެސް ކުރިޔަށްދާކަމަށާއި ތަޙްޤީޤުގެ ބޭނުމަށް ފުލުހުން އެރަށުގަިއ ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.