Advertisement

އިސްލާމީ މަރުކަޒު --- ފޮޓޯ: މިހާރު

15 Sep 2023
ދީން

ދޮގު ޚަބަރު ފަތުރާ މީހަކީ މުޖުތަމަޢުގައި ހިމެނޭ ވިހަ ގުނަވަނެއް - ޚުޠުބާ

ދުންޔަވީ ޙަޔާތަކީ ހެވާއި ނުބަޔާ ދެމެދުގައި ކުރެވޭ މެދުކެނޑުމެއް ނެތް ހަނގުރާމައެއް ކަމަށާއި ޤިޔާމަތަށް ދާންދެން މި އަރާރުންތައް ކުރިއަށް ދާނެކަމަށާއި އެއީ މާތްﷲ ގެ ޙިކްމަތްފުޅު ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފައިވެއެވެ. މިއަދުގެ ޚުޠުބާ ހާއްސަކޮށްފައިވަނީ  ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމުގެ މައްޗަށެވެ.

ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައިވެސް ދިރިއުޅުނު މީހުން، އެއްމެހާ ވަޞީލަތްތައް ބޭނުންކުރަންވާނީ މުޖުތަމަޢު އިޞްލާޙް ކުރުމަށް ކަމަށާއި ދޮގު ހެދުމާއި ފިތުނަ ފަސާދަ އުފައްދާކަށް ނޫންކަމަށް ޙުޠުބާގައި ބުނެފައިވެއެވެ.

މުޖުތަމަޢު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ، ދޮގު ވާހަކަތަކާއި ދޮގު ޚަބަރުތައް ފެތުރުން ކަމަށްވާއިރު، ރަސޫލު ބޭކަލުންގެ ސީރަތަށް ބަލާއިރު ވެސް މިކަން ހާމަވާ ކަމަށާއި، އެބޭކަލުންނާ ދިމާލަށް ބައެއް ފަހަރަށް ދޮގުވެރިންނޭ، ކިބުރުވެރީންނޭ އަދި ބިން ފަސާދަކުރާ މީހުންނޭ ބުނެފައިވާކަމަށް ވެއެވެ. މިފަދަ ދޮގު ވާހަކަތަކުގެ ބޭނުމަކީ ޙައްޤު މަގުން މީސްތަކުން އެއްކިބާ ކުރުން ކަމުގައި ޙުޠުބާގައި ބުނެފައިވެއެވެ.

މުޖުތަމަޢުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލައި އެވާހަކަތައް ޤަބޫލު ކުރުމަކީ، ފަރުދުންނަށާއި ޖަމާޢަތަށް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާނެ ކަމެއްކަމަށާއި، މިއަދު މުވާޞަލާތީ ވަސީލަތްތައް ތަރައްޤީ ވެފައިވާ މިންވަރަށް ބަލާއިރު، ކިތަންމެ ދުރުގައި ހިނގާކަމެއް ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންނާ ހަމައަށް ފޯރާނެކަމަށާއި، ނަތީޖާއަކީ ދޮގު ޚަބަރުތަކާއި، ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން އިހުނަށްވުރެ ބޮޑުވުން ކަމަށް ޙުޠުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ދޮގުވާހަތައް ފެތުރުމުގެ ނުބައިކަމާއި، އެފަދަ ވާހަކަތައް ޤަބޫލުކުރުމުގެ ސަބަބުން، އިންސާނުން ކުރިމަތިލާން ޖެހުނު މުޞީބާތްތަކުގެ ވާހަކަތައް، ކީރިތި ޤުރްއާނުގައި އައިސްފައިވާކަމަށާއި، އެއިން ޢިބްރަތް ޙާޞިލު ކުރުމަށް ނަސޭހަތްތެރިވިއެވެ. އެގޮތުން އިބިލީހުގެ ވާހަކަ އާދަމުގެފާނަށް ޤަބޫލު ކުރެއްވުމުގެ ނަތީޖާއަކަށްވީ ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތުންކަމަށާއި ބުރައެއް ނެތް ޙަޔާތަކުން ބުރަ ޙަޔާތަކަށް ދިރިއުޅުއްވުން ބަދަލުވެގެން ދިއުން ކަމުގައި ބުނެފައިވެއެވެ.

ދޮގު ޚަބަރުތަކާއި، ދޮގު ވާހަކަތައް ފެތުރުމަކީ، މީސްތަކުންނަށް ޙައްޤު އޮޅުވާލާނެ ކަމެއްކަމަށާއި އެކަމުގެ ނުބައިކަން، މީހުން މެރުމަށްވުރެ ބޮޑުކަމަށް ޙުޠުބާގައި ބުނެފައިވެއެވެ. އެއީ އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭތީއެވެ.

ދޮގު ޚަބަރު ފަތުރާ މީހަކީ، މުޖުތަމަޢުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށާއި އޭނާއަކީ އޭނާގެ ޠަބީޢަތުގައި ދޭތެރެ ޖެއްސުމާއި، ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއްކަމާއި އެއީ މުޖުތަމަޢުގެ އަމަން އަމާންކަމުގެ ޙައްޤުގައި ބޮޑު ޖަރީމާއެއް ކަމަށާއި އެއީ އޭނާގެ އަމާޒަކީ މުޖުތަމަޢުގެ އަމާންކަން ނަގައިލުން ކަމަށް ވާތީކަމަށް ޙުޠުބާގައި ބުނެފައިވެއެވެ.

ދޮގު ވާހަކަ ފެތުރުމާ ދުރުހެލިވުމަކީ، މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށާއި ޚަބަރު ފަތުރާ ވަސީލަތްތަކުން ޢާއްމުކުރާ ޚަބަރާއި މަޢުލޫމާތަކީ، ހަޤީޤަތާ އެއްގޮތް ތެދު މަޢުލޫމާތަށް ވާންޖެހޭކަމަށާއި ޤައުމުގެ އެއްބައިވަންތަކަމާއި މުޖުތަމަޢުގެ ހަމަޖެހުމާއި ލާބަޔަށްޓަކައި، ޚަބަރު ފަތުރާ ވަސީލަތްތަކުން، މި ޒިންމާ އަދާކުރުމުގައި އަމާނާތްތެރިވުމަށް ނަސޭހަތްތެއރިވެފައިވެއެވެ. އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުން މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ ގޮތްގޮތަށް ދޮގު ޚަބަރުތައް ލިޔެ ފަތުރާކަމަށާއި، އެ ޚަބަރު ފެތުރުމުގެ ކުރިން އޭގެ ތެދުދޮގު ބަލަން ޖެހޭނެ ކަމަށް މިއަދު ޙުޠުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.