Advertisement

03 Sep 2023
ޚަބަރު

ކުޅުދުއްފުށި ހޮސްޕިޓަލްގައި ސަރުކާރުން ބްލަޑް ބޭންކެއް ޤާއިމްކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ޤާއިމުކޮށްފިއެވެ. ސަރުކާރުން ބުނީ މިއީ އެކިއެކި ބޭނުންތަކަށް ލޭ ބޭނުންވާ ބަލިމީހުންނަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޤާއިމްކުރި ބްލަޑް ބޭންކެއްކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމްކުރި ބްލަޑް ބޭންކަކީ ލޭ ރައްކާކޮށްފައި ހުންނަ 200 ޕެކް، ބެހެއްޓޭނެ ޤާބިލްކަން ހުރި ބްލަޑް ބޭންކެކެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ޤާއިމްކުރުމުގެ މަސައްކަތަކީ އެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެއިތުރުންވެސް ސަރުކާރުން އަންނަނީ އާއްމުންނަށް ދޭ ޚިދުމަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްކެއް ދަނީ ކުރަމުންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ބްލަޑް ބޭންކަކީ މިހާރު އެ ހޮސްޕިޓަލަށް ވަރަށް މުހިއްމު ހިދުމަތެއްކަމަށެވެ. ސަބަބަކީ އެ ހޮސްޕިޓަލުން މިހާރު ކުދިކުދި ގިނަ އޮޕަރޭޝަންތަކާއި މާބަނޑު މީހުންގެ ސިޒޭރިއަން ހަދަންޖެހުމެވެ. އަދި މި ބްލަޑް ބޭންކާއިއެކު އެމަޖެންސީ ހާލަތްތަކުގައި ބޭނުންވާ ލޭ ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ބްލަށް ބޭންކާއެކު ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭކަމަށެވެ.

ހޮސްޕިޓަލުން ހާމަކުރީ ލޭ ބޭކާރުވިޔަ ނުދިނުމަށް، އެންމެ މަދުން ހޯދަންޖެހޭ ބައެއް ލޭ ގްރޫޕްތަކުގެ ސްޓޮކް ދަށްކުރުމާއިއެކު ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ބުނީ، ބްލަޑް ބޭންކާއެކު ލޭ އަޅާ ކުދިންނަށް ދޭ ޚިދުމަތްވެސް އަވަސްވެއްޖެކަމަށެވެ. އެގޮތުން ކުރިން ޑޯނަރުގެ ގައިން ލޭ ނެގުމަށްފަހު ބަލި މީހާގެ ގަޔަށް ލޭ އަޅަން 12 ގަޑިއިރު ހޭދަވިނަމަވެސް، މިހާރު އެ ވަގުތު 4 ގަޑިއިރަށް ކުޑަވެފައިވާކަންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ފާހަގަކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.