Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

01 Sep 2023
ޚަބަރު

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށްވެސް އެމްޓީސީސީ ބަހުގެ ހިދުމަތް ހިލޭ

މަތީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އެމްޓީސީސީ ބަހާއި، މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ ކޮލެޖެ ނުވަތަ ޔުނިވާރސިޓީއިން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން މިހާރު އެ ކުންފުނީގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކުގައި ހިލޭ ދަރިވަރުންނަށް ދަތުރުކުރެވޭނެކަމަށެވެ. 

އެމްޓީސީސީއިން ބުނީ މި ގޮތައް ދަތުރުތައް ބަދަލުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއެކު ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެއެވެ.

އެމްޓީސީސީން ފޯރުކޮށްދެމުންދާ ހުރިހާ އާންމު ދަތުރުފަތުރުގެ ޚިދުމަތެއްގައިވެސް މިހާރުވެސް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރުކުރެވޭ އިންތިޒާމް ވަނީ ހަމަ ޖައްސާފައެވެ. ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު މެދުވެރިކޮށް ހިލޭ ދަތުރުކުރެވެއެވެ. އަދި ޔުނިފޯރމް އަދި އެކްޓިވިޓީ ޔުނިފޯރމްގައި ތިބޭ ސްކޫލް ދަރިވަރުންނަށްވެސް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމްވެސް އެމްޓީސީސިއިން މީގެ ކުރިން ވަނީ ހަމަ ޖައްސާފައެވެ.

އެމްޓީސީސީން ދާދިފަހުން ވަނީ މާލެ ސަރަހައްދުގައި ދެމުން ގެންދާ ބަހުގެ ޚިދުމަތުގެ ތެރެއިން މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ބަސް ދަތުރުތައް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.