Advertisement

އާރުޓީއެލްއިން ހުވަދޫ ގުޅާލުން. ފޮޓޯ: އެމްޓީސީސީ

31 Aug 2023
ޚަބަރު

އާރުޓީއެލްއިން މިފަހަރު ގުޅާލީ ހުވަދޫގެ 18 ރަށް

ހުވަދު އަތޮޅު ގުޅާލާ, ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރ.ްޓ.ީއެލ.ް) ގެ ދެވަނަ ފިޔަވަހި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. އާރ.ްޓ.ީއެލ.ް ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ރަސްމީކޮށް ފެށުމުގެގޮތުން ގދ. ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިޙާއ،ި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމާއ،ި ކެބިނެޓް ވަޒީރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ޞޯލިހުގެ ވަޢުދުފުޅެކެވ.ެ އެގޮތުން މި ވަޢުދުފުޅު ތަންފީޒުކުރުމަށް ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވ.ެ އަދި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުނ،ް ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ އާރ.ްޓ.ީއެލް ފެރީގެ ޚިދުމަތް ދޭން ފެށި ބޮޑު ތިލަދުންމަތި އާރުޓީއެލް ފެރީ ވިއުގައިން މިހާރު ވަނީ ގުޅާލާފައެވެ.  

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 14 އޭޕްރީލް 2022 ވަނަ ދުވަހުއެވ.ެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 2 ގެ ޅ. އަތޮޅަށާއ،ި ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވ.ެ އަދި ޒޯން 5 ގެ ހިމެނޭ ރައްތަކާއި ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގެ ރައްތައް ގުޅާލެވޭ ހައިވޭ ލިންކްގެ ޚިދުމަތްވެސް މިހާރު ވަނީ ފެށާފައެވެ.

ހުވަދު އަތޮޅުގައި އާރ.ްޓ.ީއެލ.ް ރަސްމީކޮށް އިފްތިތާޙް ކުރެވުމާއެކު މިއަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބ،ި ރައްޔިތުން ރަށު ބަންދުން ވީއްލ،ި ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ވަނީ ފެށިގެންގޮސްފައެވެ.

އާރ.ްޓ.ީއެލ.ް ފެރީ ޚިދުމަތުގައި ބޭނުންކުރަމުންދާ ފެރީތަކަކީ ދުވެލި ބާރު, އެއާކޯން ކޮށްފައިވާ ފެރީތަކެކެވ.ެ މިއުޅަނދުފަހަރުތައް ފަރުމާކޮށްފައިވާނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭ އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށެވ.ެ އަދި އުޅަނދުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެއެވ.ެ މިއ،ީ ރާއްޖޭގެ މޫސުމާ, އޮއިވަރާ, ބާންޏާ, ރާޅަށް ރިޢާޔަތް ކުރެވިގެން, ދެ މޫސުމަށް ވެސް, ފަހިވާނޭހެން ބަނދެފައިވާ, ކަނޑަށްވެސް ގަދަ, އުޅަނދު ތަކެއްކަމަށް އެމްޓީސީސީއިން ބުނެއެވެ.

އާރ.ްޓ.ީއެލް ފެރީ ޚިދުމަތުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނަކ،ީ ޚިދުމަތުގެ ތަމްރީނުދީފައިވާ ޤާބިލު މުވައްޒަފުންތަކެއްކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި މިޚިދުމަތުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިތުރު 500 އެއްހާ ވަޒީފާ އުފެދިގެން ދާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.