Advertisement

ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަން ފެށުން. ފޮޓޯ: ޕްލޭނިން މިނިސްޓްރީ

30 Aug 2023
ޚަބަރު

ތުޅާދޫ ރައްޔިތުން އިންތިޒާރުކުރަމުން ދިޔަ އެއަރޕޯޓް އަޅަން ބިން ހިއްކަން ފަށައިފި

ބ. ތުޅާދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ތުޅާދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.

ތުޅާދޫގައި އެއަރޕޯޓެއް އަޅުއްވާނެކަމުގެ ވައުދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާހިލްގެ ވައުދުފުޅެކެވެ. ރައީސްގެ ވައުދުފުޅާއި އެއްގޮތައް މިހާރު އެވަނީ ތުޅާދޫގައި އެއަރޕޯޓް އަޅަން ބޭނުންވާނެ ބިން ހިއްކަން ފަށާފައެވެ. މިއީ މުޅި ތުޅާދޫއަށްވެސް އުފާވެރިކަން ގެނުވި ކަމެކެވެ. 

މި މަޝްރޫޢު ކުރިއަށް ގެންދަނީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާާލުކޮށްގެންނެވެ. .ތުޅާދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

އެއަރޕޯޓު އެޅިގެންް ދިޔުމާއެކު ތުޅާދޫއަށް އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ. އަދި މި މަޝްރޫއަކީ ރައްޔިތުންނަށް އެތައް ގޮތަކުން ލުއި ފަސޭހަވެގެން ދާނެކަމެއްކަމަށް ކައުންސިލުންވެސް ފާހަގަކުރައްވައެވެ.

ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވާއިރު އިތުރު 2 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތްވެސް އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. އެއީ ތ. ވިލުފުއްޓާއި، ށ. ބިލެއްފަހީގެ ބިން ހިއްކުގެ މަސައްކަތެވެ. މި 3 މަޝްރޫޢު މި ކުންފުންޏާއި ހަވާލުކޮށްފައިވަނި 280 ދުވަސް ތެރޭ ނިންމާގޮތައް 42.4 މިލިޔަން ޑޮލަރަށެއެވެ

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 30 އަކަށް މިނެޓުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރަޢްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިންމު ސިޔާސަތެވެ. މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކާ ބައެއް ޑޮމެސްޓިކް އެއަރޕޯޓުތަކުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި އެންމެ ދެކުނުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުވެސް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށް ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.