Advertisement

ފޮޓޯ: ޕީ.އެސް.އެމް ނިއުސް

27 Aug 2023
ޚަބަރު

ހިންނަވަރުން ބަންޑާރަ ގޯތި ދޫކުރުމުގެ 3 ވަނަ ފިޔަވަހި އިއުލާންކޮށްފި

ޒަމާނުއްސުރެއް ހިންނަވަރަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިޔަށްގެންދާ "ހިންނަވަރު ފަހިވެށި ޕްރޮގްރާމް" ގެ 3 ވަނަ ފިޔަވަހި މިއަދު އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަހީގައި 1490 އަކަފޫޓުގެ 180 ގޯތި ދޫކުރާނެއެވެ.

މި ފިޔަވަހީގެ ދަށުން ފޯމު ދޫކުރުމަށް ނިންމާފައިވަނީ 29 އޮކްޓޯބަރ 2023 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 17 ސެޕްޓެމްބަރ 2023 އިން 17 އޮކްޓޯބަރ 2023 އާއި ދެމެދުއެވެ

މި ފިޔަވަހީގެ ދަށުން ގޯތި ދޫކުރާނީ ހިންނަވަރު ރައްޔިތުންނަށް އެކަންޏެވެ. އަދި މީގެ އިތުރުން, ގޯއްޗަށް އެދި ހުށަހެޅޭނީ 18 އަހަރުން މަތީގެ ބޭފުޅުންނަށާއި, ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެއް ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރެޖިސްޓްރީވެފައި ނެތް ފަރާތްތަކަށާއި, ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެއް ކުޑަ ބިމެއް ރެޖިސްޓްރީވެފައިވާނަމަ, އެ ތަނެއް ހިންނަވަރު ފަހިވެށި ޕްރޮގްރާމުގައި ބުނާ އުސޫލުގެ ދަށުން ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށާއި, ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައިނުވާ މީހުންނަށާއި, ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން ހިންނަވަރު ފަހިވެށި ޕްރޮގްރާމުގައި ބުނާ އުސޫލުގެ ދަށުން ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށާއި އަދި ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައިނުވާ ނުވަތަ ދޫކޮށްލާފައިނުވާ ނުވަތަ ވިއްކާލާފައިނުވާ ފަރާތަކަށެވެ.

މި އިއުލާނާއިއެކު ހިންނަވަރު ކައުންސިލުން ވަނީ "ހިންނަވަރު ފަހިވެށި ޕްރޮގްރާމް" ގެ 3 ވަނަ ފިޔަވަހީގެ ދަށުން ޕޮއިންޓު ދޭނެ އުސޫލު ވެސް އާންމުކޮށްފައެވެ.

ހިންނަވަރު ފަހިވެށި ޕްރޮގްރާމްގެ 2 ވަނަ ފިޔަވަހީގައި ވަނީ 1575 އަކަފޫޓުގެ 200 ގޯތި ދޫކޮށްފައެވެ. އެ ފިޔަވަހީގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓް އާންމުކުރީ މި އަހަރުގެ އެޕްރީލް މަހުއެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.