Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވުން --- ފޮޓޯ: ރައީސް އޮފީސް

03 May 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ކުރައްވާ މިދަތުރުފުޅަކީ، އިނގިރޭސި ރަސްގެފާނު ޗާލްސް (3ވަނަ) އިނގިރޭސި ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

އިނގިރޭސި ރަސްގެފާނު ޗާލްސް (3ވަނަ) ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމީ އިހްތިފާލުތައް ފަށާނީ، މެއި 6 ވާ ހޮނިހިރު ދުވަހު ލަންޑަންގެ ގަޑިން ހެނދުނު 6:00ގައެވެ. ޗާލްސް (3ވަނަ) ރަސްކަމުގެ ތަޚުތުގައި އިސްތަށިފުޅުގައި ތާޖުތުރުކުރެއްވުމުގެ ރަސްމިއްޔާތު ކުރިޔަށްދާނީ ވެސްޓްމިސްޓަރއަބޭ ގައެވެ. އެއީ އަވަހާރަވި ރާނީ ކްއީން އެލިޒަބަތު ތަޚުތާއި އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް (6ވަނަ) ރަސްކަމުގެ ތަޚުތައް އިސްކުރުމުގެ ރަސްމިއްޔާތު ބޭއްވި ފައްޅިއެވެ.

އިނގިރޭސި ރަސްކަން ޗާލްސްއަށް ލިބިވަޑައިގެންނެވީ، 8 ސެޕްޓެމްބަރު 2022ގައި މަންމާފުޅު، ރާނީ އެލިޒަބަތު ދެވަނަ އުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމުންނެވެ. އެކަމަނާ ވަނީ އިނގިރޭސި ތަޚުތުގައި 69 އަހަރާއި 3 މަސްދުވަހު ރެނދަލިކުރައްވާފައެވެ. އެކަމަނާއަކީ މިހާތަނަށް އެންމެ ގިނަދުވަހު އިނގިރޭސި ތަޚުތުގައި އިންނެވި ރާނީއެވެ. 

އިނގިރޭސި ރަސްގެފާނު ތަޚުތުގައި ވެޑުވުމުގެ ރަސްމީ އިޚްތިފާލުތަކުގައި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަަޑައިގަންނަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.