Advertisement

ސްރީލަންކާގެ ހަލާކުވެފައިވާ ހަނޑޫ ދަނޑެއް---

19 Aug 2023
ދުނިޔެ

ހަނަފަސްކަމުގެ ސަބަބުން ސްރީލަންކާގެ 14000 އޭކަރުގެ ދަނޑުބިން ހަލާކުވެއްޖެ

ވާރޭ ނުވެހި ދިގުލައިގެން ގޮސް ކުރިމަތިވި ހަނަފަސްކަމުގައި ސްރީލަންކާއިން ސާދަ ހާސް އޭކަރުގެ ދަނޑުބިންތައް ހަލާކުވެއްޖެއެވެ.

ސްރީލަންކާގެ އެގްރިކަލްޗަރ މިނިސްޓްރީ ހާމަކޮށްފައިވާ ގޮތުގައި، މޫސުމަށް ބަަދަލުއައުމާއި ވާރޭ ނުވިހި ދިގުލައިގެން ދިޔުމުންގެ ސަބަބުން ސްރީލަންކާގެ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ދަނޑުވެރިންނަށް ވަނީ ވަރަށް ހަނަފަސްކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

ސްރީލަންކާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، 15 ޑިސްޓްރިޓަކުން، 210،652 ދަނޑުވެރިންނަށް ވަނީ، މި ގެއްލުންތަކާއި ކުރިމަތިލާންޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރަތުނަޕޫރާ، ޓްރިންކޮމަލީ، ބައްޓިކަލޯއާ، އަމްޕަރާ، ޕުއްޓަލަމް، ކުރުނެގަލާ، ޖަފްނާ، މަނާރްމ މުއްލައިތިވޫ، ބަޑުލާ، މޮނަރަގަލާ، ހަމްބަންޓޯޓާ، ގަންޕަހާ އާއި މަޓާލޭގެ ދަނޑުވެރިންނެވެ.

ސްރީލަންކާ ސަރުކާރުން ވުނީ، ދަނޑުތަކަށް ލިބުނު ގެއްލުންތައް ބަލައި ސާވޭކޮށް އިންޝުއަރެންސް ހޯދައިދިނުމުގެ މަސައްކަތަށް މިހާތަނަށް 3 ޓީމެއް ވަނީ ފޮނުވާފައެވެ.

ސްރީލަންކާއަކީ ގިނަ އަދަދަކަށް ހަނޑޫހައްދާ ޤައުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.