Advertisement

ހުޅަނގު ކެލޯނާގެ އުސް ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާން ---

19 Aug 2023
ދުނިޔެ

ހަވާއީގެ މައުއީއަށް ފަހު ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ އަނދާ އަޅިއަށް ވަނީ

ކެނެޑާގެ ހުޅަނގު ޕްރޮވިންސްއެއް ކަމަށްވާ ބްރިޓިޝް ކޮލަމްބިއާގައި ޖަންގަލިތަކުގެ ރޯވެ ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ކުއްލި ޙާލަތު އިޢުލާނުކޮށްފިއެވެ.

ކެނެޑާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބްރިޓިޝް ކޮލަމްބިއާގެ އޯކަންއާގަން ވާދީގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން، ހުޅަނގު ކެލޯނާގެ ބައެއް ގެތަކާއި އިމާރާތްތައް އަނދައިގެން ގޮސް ވަނީ ގެއްލުންތައް ލިބިފައެވެ. ބުރާސްފަތި ދުވަހުންފެށިގެން އޯކަންއާގަން ވާދީގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ، ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ. 

އަލިފާނުން ސަލާމަތް ވުމަށް އޯކަންއާގަން ލޭކްތެރެއަށް ކުދި އުޅަނދު ފަހަރުގައި މީހުން ނުކުތް އިރު، އޯކަންއާގަންގެ ތާރީޚީ ރިޒޯޓްރަށް އަނދާހުލިވަމުން ދިޔައީ އެމީހުންގެ ލޯކުރިމަތީގައެވެ.

މިހާތަނަށް 10000 ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވާއިރު، 25000 ވުރެ ގިނަ މުދަލާއި ގެދޮރަށް ގެއްލުންތައް ލިބި އަދި 48000 ވުރެ ގިނަ މުދަލާއި ގެދޮރު ވަނީ ނުރައްކަލަށް ހުށައެޅިފައި ކަމުގައިވެސް ކެނެޑާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ތައްޔާރުވެ ތިބުމަށް ކަމާއި ބެހެެ ފަރާތްތަކުން ވަނީ 25000 ވުރެ ގިނަ މީހުންނަށް އެލާރޓް ފޮނުވާފައެވެ. 

ބްރިޓިޝް ކޮލަމްބިއާގެ ވެސްޓް ކެލޯނާއަށް އަލިފާނުގެ ނުރައްކާތައް ބޮޑުވެފައި ވާއިރު، ކަމާއި ބެހޭ ފަރާތްތަކުން ބުނެފައި ވަނީ 105 އަކަ ކިލޯމީޓަރުގެ ސަރަހައްދަށް އަލިފާންގަނޑު ފެތުރިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ފާއިތުވި ސަތޭކަ އަހަރުގެ ތެރޭގައިވެސް ކުރިމަތިވި، ޖަންގަލިތަކުގައި ރޯވުމުގެ އެންމެ ގެއްލުން ބޮޑު ހާދިސާކަމުގައި ބްރިޓިޝް ކޮލަމްބިއާގެ އިސްފަރާތްތަކުން ވިދާޅުވެއެވެ.

ނިމިދިޔަ ހަފްތާގައި ޕެސިފިކްކަނޑުގައި އޮންނަ ހަވާއީގައި ޖަންގަލިތަކުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ހަވާއީގެ މައުއީ ވަނީ އަނދާ އަޅިއަށް ވެގެންގެސް ގޮސްފައެވެ. ޖަންގަލިތަކުގައި ރޯވި އަލިފާން ބާރު ވަޔާއިއެކު ލަހައިނާ އަވަށުގެ ތެރެއަށް ފެތުރިގަތް އިރު، އަލިފާނުގެ އެހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 93 އިން މަތިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.