Advertisement

ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބިލެއްވި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާ މެޑަލް ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

30 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާގެ ކުލައާ މެޑަލް ފުލުހުންގެ 12 އޮފިސަރަކަށް

ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިލެއްވި ފުލުހުންގެ ހަތް އޮފިސަރަކަށާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބިލެއްވި ފުލުހުންގެ ފަސް އޮފިސަރަކަށް ކުލައާއި މެޑަލް އަރުވާފައިފިއެވެ.

އެފަރާތްތަކަށް ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ، ފުލުހުންގެ 90 އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑުގައި ބޭއްވި ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިލެއްވި ފުލުހުންގެ ހަތް އޮފިސަރަކަށާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބިލެއްވި ފުލުހުންގެ ފަސް އޮފިސަރަކަށް ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިލެއްވި ފުލުހުންގެ ހަތް އޮފިސަރުން ނަކީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޒާހިރާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބުދުލް މަތީން ޢަބުދުލްކަރީމާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާތިފްގެ އިތުރުން، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ރަޝީދެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބިލެއްވި ފުލުހުންގެ ފަސް އޮފިސަރުންނަކީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީގެ އިތުރުން، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަހުމަދެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް އިހުލާސްތެރިކަމާއެކު ޚިދުމަތްކޮށް ދެއްވާފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ތިން ބޭފުޅަކަށް ހަނދާނީ ފިލާ އަރުވާފައެވެ. މި ބޭފުޅުންނަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުލް ޝުކޫރު ޢަބްދުﷲ އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހިމް ޚަލީލް އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުލް ސަމަދު އިސްމާއީލްއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ 90 އަހަރުގެ ތެރޭގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު އަށް ވަނީ ޝަރަފްގެ އައްޑަނައެއް އަރުވާފައެވެ. އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު ވަނީ ފުލުހުންގެ ޚިދުމަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. 

މީގެ އިތުރުން މިޖަލްސާގައި ވަނީ، މިރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯދައިދިން އަށް މުވައްޒަފުންގެ އަގުވަޒަންކޮށް، އެމުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.