Advertisement

28 Apr 2025
ޚަބަރު

ވިނަރެސް ފްލެޓަކުން ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެ

ވިނަރެސް ފްލެޓަކުން ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހޭނެތިފައި އޮއްވާ ފެނިފައި ވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ.

ފުލުހުން މި މައްސަލައިގައި ހަރަކާތްތެރިވާން ފެށީ، މިއަދު ހެނދުނު 6 ޖަހާކަށްހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭކަމަށް ލިބުނު މި ރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު އެ އެޕާޓްމެންޓު ހުރީ ތަޅުލާފައެވެ.

އެހެންކަމުން ފުލުހުން އެ ތަނަށް ވަނީ ދޮރު ވައްޓާލުމަށްފަހުކަމަށް ހާމަކޮށްފައިވެއެވެ. އަދި އެ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.

އެ އަންހެން މީހާ ފެނުނުއިރު އެޕާޓްމަންޓުގައި އިތުރު މީހަކު ނެތް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
28 Apr 2025
ޚަބަރު
ހުއްޓިފައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ޖަވާބު ދެއްވަން މިނިސްޓަރު މުއްތަލިބު ދެކޮޅު ހައްދަވައިފި
ރާއްޖޭގެ އެކި ކަންކޮޅުގައި ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ދެކޮޅު ހައްދަވައިފިއެވެ.
28 Apr 2025
ޚަބަރު
ސްޓެލްކޯގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ސްޓެލްކޯގެ މައި އިންޖީނެއްގެ ދުންހޮޅީގައި ރޯވެ އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
28 Apr 2025
ޚަބަރު
ވިނަރެސް ފްލެޓަކުން ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެ
ފުލުހުން މި މައްސަލައިގައި ހަރަކާތްތެރިވާން ފެށީ، މިއަދު ހެނދުނު 6 ޖަހާކަށްހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭކަމަށް ލިބުނު މި ރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު އެ އެޕާޓްމެންޓު ހުރީ ތަޅުލާފައެވެ.
28 Apr 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާއަށް މެލޭޝިއާއިން ހޫނު މަރުހަބާއެއް ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، މެލޭޝިއާ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުން ކުރިއަށްދިޔައީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ޕެރޑާނާ ޕުޓްރާގައެވެ.