Advertisement

ޕޮލިސް ކޮމިޝަނަރ، ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

26 Apr 2025
ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޝުޖާޢު އިސްތިއުފާ ދެއްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާޢު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސީޕީ މަގާމުން އިސްތިއުފާ ދެއްވަންު ހުށަހެޅުއްވުމުން އެބޭފުޅާގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވައިފި ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ސީޕީ އިސްތިއުފާ ދެއްވިއިރު، މި މަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުންގެ ތަޙުޤީޤު ކުރިޔަށްގެންދާ ގޮތުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި "ދުލެއް ނުކުރާނަން" ނަމުގައި ސިލްސިލާކޮށް ޒުވާނުން ބާއްވަމުން އަންނަ އެއްވުމުގައި ވެސް ސީޕީގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ.

އެސިސްޓެންޓު ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރުކަން ދެއްވީ ޑިސެމްބަރު 25، 2023 ގައެވެ.

އުމުރުން މިހާރު 52 އަހަރުގެ ޝުޖާއު މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު، ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ މާލެ އޭރިއާގެ ކޮމާންޑަރުގެ ގޮތުގައެވެ.

ޝުޖާއު ވަނީ ޕޮލިސް އެކަޑެމީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ކުރިން ފުރުއްވައިފަ އެވެ. އަދި ކުޑަކުދިން ގޭންގުތަކުގައި ބައިވެރިވާތީ އެކަން ހުއްޓުވުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ވެސް ހިންގެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.