Advertisement

26 Apr 2025
ޚަބަރު

ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެ: ނަޒާހާ

މިހާރު ރާއްޖޭގައި އޮތް ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެކަމަށް ބުނެ، ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސްކަން ކުރައްވާ ނަޒާހާ ނަޒީމް ބުނެފިއެވެ.

ނަޒާހާ މިހެން ބުނީ، ޔުމްނު ވެއްޓިފައޮތް މައްސަލައާ ގުޅިގެން ސިލްސިލާކޮށް މިހާރު ކުރަމުންދާ މުޒާހަރާގައި ރޭ ވާހަކަ ދައްކަމުންނެވެ.

ވަރަށް ވަރަށް ޕްރެޝަރު އެބައިން ބޯޑަށް ވެސް އައިސްފައި، އެންޑް އެވްރީތިންގް އިޒް ޖަސްޓިފައިބަލް. ތި އެންމެންގެ އެއްވެސް ސްޓޭޓްމަންޓަކަށް އައި ކެނޮޓް ބީ ޑިސަޕޮއިންޓެޑް. އެވްރީތިން އިޒް ޖަސްޓިފައިޑް. ބަޓް އައި ވޯންޓު ސޭ ސަމްތިން. އަޅުގަނޑު އިސްތިއުފާއެއް ނުދެން. ބޯޑުގެ އެހެން މީހުން ދީފި. އިސްތިއުފާ ނުދީ މިހުރީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިސްޓަމް ރަނގަޅު ކުރެވޭނީ ސިސްޓަމްގެ ތެރެއިން. 

ރޭ އެ މުޒާހަރާގެ ތެރެއިން އޭނާ ބުންޏެވެ.

މި ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ވަކި ކުރުމުގެ ބަދަލުގައި މި މައްސަލައާ ގުޅިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ.

މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ނަޒާހާ ވަނީ އެ މަގާމުން ދާއޫދު ވަކިނުކޮށްފިނަމަ އޭނާ ހުރި މަގާމުން އިސްތިއުފާ ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ޔޫތު އެޑްވައިޒަރީ ބޯޑުން ދާއޫދު ވަކިކުރުމުގެ ކުރިން އޭނާ އަމިއްލައަށް އިސްތިއުފާ ދިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

މިއަދު ނަޒާ އިސްތިއުފާ ދީފިއްޔާ ނަޒާގެ މަގާމަށް އެހެން މީހަކު ލާނެ. ޔޫތުންނާއެކު މިހުރީ. ރިޒައިން ކުރާ ހިސާބުން އައި ކާންޓް ޑޫ އެނީތިން ފޯ ޔޫގައިޒް. 

އޭނާގެ މަގާމުގެ ދިފާއުގައި ނަޒާހާ މުޒާހަރާގައި ބުންޏެވެ.

އެއާއެކު، މުޒާހަރާ ކުރަން ތިބި ޒުވާނުން ވަނީ ނަޒާހާގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހި "ކަމަކު ނުދޭ، ކަމަދު ނުދޭ،" ކަމަށް ބުނެ އަޑުގަދަކޮށްފަ އެވެ. އަދި އޭނާގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ.

ކޮމެންޓް
އައި
މިހާރު އޮތް އެއްޗެއްތަ އެއީ..ތީ ބޭކާރު މީހުން..ޖަލްސާ އަށް ދިގުހެދުމާއި ކޯޓް ގައި ދެވިދާނެ.ރަސްމިއްޔާތު ނިމުނީ މަސްއޫލިއްޔަތު ނިމުނީ..
26 Apr 2025
އިތުރު އާޓިކަލް
26 Apr 2025
ޚަބަރު
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިދީފި
ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން ރޭ ބުނެފިއެވެ.
26 Apr 2025
ޚަބަރު
އެމްޑީޕީއިން މޭޑޭގައި ރެލީއެއް ބާއްވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޭޑޭގައި މަސައްކަތްތެރިންގެ ހައްގުގައި މަގުމައްޗަށް ނިކުންނަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
26 Apr 2025
ޚަބަރު
ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެ: ނަޒާހާ
މިހާރު ރާއްޖޭގައި އޮތް ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެކަމަށް ބުނެ، ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސްކަން ކުރައްވާ ނަޒާހާ ނަޒީމް ބުނެފިއެވެ.
26 Apr 2025
ޚަބަރު
މިނިސްޓަރު އަމީން ކެބިނެޓުން އެކަހެރިކުރުމަށް ގޮވާލައިފި
ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ މައްސަލަ ތަޙުޤީޤަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، އެހެންކަމުން މިނިސްޓަރ އަމީން މަޤާމުގެ މަސްއޫލިއްޔަތުން މިވަގުތުން ވަގުތަށް އެކަހެރިކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.