Advertisement

26 Apr 2025
ޚަބަރު

މިނިސްޓަރު އަމީން ވަގުތުންވަގުތަށް ކެބިނެޓުން އެކަހެރިކުރުމަށް ގޮވާލަން: އެމްޑީޕީ

ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ މައްސަލަ ތަޙުޤީޤަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، އެހެންކަމުން މިނިސްޓަރ އަމީން މަޤާމުގެ މަސްއޫލިއްޔަތުން މިވަގުތުން ވަގުތަށް އެކަހެރިކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހުކުރު ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނީ މީގެކުރިން އަމީން ވަނީ އެ މައްސަލައިގައި ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށާއި ނަމަވެސް ޕޮލިސް ކޮމިޝަނަރަށް އަމީން ގުޅުއްވަން އުޅުއްވުމަކީ ތަހުގީގަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެފަދަ މައްސަލައެއްގެ ތަހުގީގު އިންސާފުވެރިކަމާ އަދި އާންމުންގެ އިތުބާރު ލިބޭ ގޮތަށް ކުރިއަށް ގެންދެވޭނީ މިނިސްޓަރު މަގާމުން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްގެން ކަމަށް އެމްޑީޕީން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، އެ ހާދިސާ ހިނގައިގެން އުޅޭކަން އެނގިވަޑައިގެންނެވީ ހުކުރު ދުވަހުގެ ހަވީރު ކަމަށާއި، ޒުވާނުންގެ ޕާޓީއެއް އެ ގޭގައި ހުކުރުވިލޭރޭ ބޭއްވި ނަމަވެސް، އެކަން ހިނގީ ވަޒީރު އުޅުއްވާ އެޕާޓްމެންޓުގައި ނޫން ކަމަށެވެ.

އަދި އެ ޕާޓީ އޮތީ ވަޒީރު އުޅުއްވާ އެޕާޓްމެންޓުގައި ނޫންކަމުން، އެއީ އެ ޕާޓީ ހިނގި ތަނަކީ ވަޒީރަށް ބާރުފޯރުވޭ ތަނެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ބޭފުޅާއާ އެއްބަނޑު އެއްބަފާ މީހުންގެ ދެ ފިރިހެން ދަރިން މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް އެ ދުވަހު ހާޒިރުކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެ ކުދިން ހާޒިރުކޮށްފައިވާތީ އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ނުވަތަ ނުފޫޒު ފޯރުވުމަށް ވިޔަސް އެއްވެސް ފަރާތަކަށް ފޯނުން ގުޅާފައި ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ބަޗީ
އެއަށްވުރެ މުހިއްމީ އެމްޑީޕީގެ އެންމެން ޕާރޓީ އުވާލުން. ބިރަކާއި ނުލައި މަޖާކުރުމަށް ހިތްވަރުދީ ޒުވާން ޖީލު ހަލާކު ކޮށްލިކަމަށް ރައްޔިތުންގެ ކުރިމަތީގައި އިޢުތިރާފުވެ މާފަށް އެދުން.
26 Apr 2025
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.