Advertisement

26 Apr 2025
ޔޫތު އެޑްވައިޒަރީ ބޯޑު

ޔޫތު އެޑްވައިޒަރީ ބޯޑުން ހުވޭ އިސްތިއުފާ ދީފި

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) އިސްތިއުފާ ދީފިއެވެ.

މިކަން ހާމަކޮށް ހުވޭ ވަނީ އިއްޔެ އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އޭނާ ބުނީ، އިސްތިއުފާ ދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ހުވޭ އިންސްޓަގްރާމްގައި ޙިއްސާކުރި މެސެޖުގައި ބުނީ މަޤާމުން އިސްތިއުފާ ދިނީ ޔުމްނު ވެއްޓު ހާދިސާގައި ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން ހިތްހަމަނުޖެހުންތަކެއް ހުރުމުން ފާޅުކުރަމުންދާ ޒުވާނުންނާ އެކުގައި ހުރުމުގެ ގޮތުން ކަމަށެވެ.

ހުވޭ އިސްތިއުފާ ދިން އިރު، އެ ކޮމެޓީގައި ޖުމްލަ 15 މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސް އައްޔަނު ކުރެއްވި ދެ މެންބަރުންނާއި، ގައުމީ ލެވެލްގެ ދެ އެތުލީޓުންނާއި، ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން ދެ މެންބަރުންނާއި, ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ދެ މެންބަރުންނާއި، ޔޫތު މިނިސްޓްރީން ކަނޑައެޅި ހަތަރު ދާއިރާއަކުން ހަތަރު މެންބަރުންނާއި އަދި ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސުންގެ ތެރެއިން ތިން މެންބަރުންނެވެ.

މި ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ވަކި ކުރުމުގެ ބަދަލުގައި މި މައްސަލައާ ގުޅިގެން ވަނީ ސަސްޕެންޑްކޮށްފައެވެ.

މިކަމާއި ގުޅިގެން ޒުވާނުން ކުރަމުން ގެންދާ މުޒާހަރާތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އިމާރާތުން ވެއްޓުނު ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި، މި ކަމުގައި އިހުމާލުވި ފަރާތްތައް ހައްޔަރުކޮށް އެ ފަރާތްތަކަށް ހައްޤު އަދަބު ދިނުމަށެވެ.

ކޮމެންޓް
އައި
ބޭކާރު ބޯ ބޯ ވާކަމެއް ނެތް.އިސްފިޢުފާ ދިނަސް ނުދިނަސް.
26 Apr 2025
އިތުރު އާޓިކަލް
26 Apr 2025
ޚަބަރު
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިދީފި
ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން ރޭ ބުނެފިއެވެ.
26 Apr 2025
ޚަބަރު
އެމްޑީޕީއިން މޭޑޭގައި ރެލީއެއް ބާއްވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޭޑޭގައި މަސައްކަތްތެރިންގެ ހައްގުގައި މަގުމައްޗަށް ނިކުންނަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
26 Apr 2025
ޚަބަރު
ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެ: ނަޒާހާ
މިހާރު ރާއްޖޭގައި އޮތް ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެކަމަށް ބުނެ، ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސްކަން ކުރައްވާ ނަޒާހާ ނަޒީމް ބުނެފިއެވެ.
26 Apr 2025
ޚަބަރު
މިނިސްޓަރު އަމީން ކެބިނެޓުން އެކަހެރިކުރުމަށް ގޮވާލައިފި
ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ މައްސަލަ ތަޙުޤީޤަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، އެހެންކަމުން މިނިސްޓަރ އަމީން މަޤާމުގެ މަސްއޫލިއްޔަތުން މިވަގުތުން ވަގުތަށް އެކަހެރިކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.