Advertisement

19 Apr 2025
ޚަބަރު

ރައީސް މުޢިއްޒު ވެރިކަން ދިފާއުކުރައްވަން މަސައްކަތްކުރައްވަނީ ރައްޔިތުން އަޅުވެތިކޮށްގެން: ބިގޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަން ދިފާއުކުރައްވަން މަސައްކަތްކުރައްވަނީ ރައްޔިތުން އަޅުވެތިކޮށްގެންކަމަށް  އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދިން އިންތަވިއުއެއްގައި މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ބިގޭ ވިދާޅުވީ، ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ވަރަށް ބޮޑަށް ރައީސް ހަނިކުރަމުންދާ ކަމަށެވެ.

ވެރިކަން ދިފާއު ކުރެއްވުމަށް ރައީސްގެ އަރިހުގައި ބޮޑެތި މުސާރަދީގެން ބޭފުޅުން ބައިތިއްބާފައި ތިބޭ ކަމަށާއި، އަދި ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމުގެ ބަދަލުގައި އަމިއްލަ އެޖެންޑާއެއްގެ ދަށުން މަސައްކަތްކުރައްވާކަމަށް ބިގޭ ތުހުމަތުކުރެއްވިއެވެ.

އެހެންވާންޖެހޭ މައިގަނޑު ސަބަބަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އޭގެ ޒާތުގައި އޮތް ބޭފުޅެއް ނޫން. އެކި ފަހަރު އެކި ޕާޓީގެ ތެރެއިން ވަޒީރުކަމުގެ ތެރެއިން މިހިސާބަށް ވަޑައިގެންނެވި ބޭފުޅެއް ވީމަ ވަށައިގެން ރައީސުލްޖުމްހޫރިއްޔާ ހިމާޔަތް ކުރާނެ އެއްވެސް ކަހަލަ ބޭފުޅުން ކޮޅެއް ކައިރީގައި އޭޒާތުގައި އަމިއްލައަށް އުފައްދާފައި ނެތް. އެހެން ދިމަ ދިމާލުން ވަޒީފާތައް ދީގެން އަގާގައި ތަޅު އަޅުވައިގެން މަޖުބޫރުކޮށްގެން ކައިރީގައި މި ގެންގުޅުއްވަނީ އެނގޭތޯ. އެހެންވީމަ މިވާ ގޮތަކީ ކައިރީގައި ބޭފުޅަކު ނެތުނީމަ ބޭފުޅުންތައް ކައިރީގައި ބޭއްތިއްބުމުގެ ބޭނުމުގައި ވަޒީފާތައް މިދެނީ. ވެރިކަން ދެމެހެއްޓެން އޮތީ ވެސް ކައިރީގައި ބަޔަކު ބައިތިއްބައިގެން. އެހެންވީމަ އެވިސްނުމުގައި ގިނަ ވަޒީފާތައް އުފެމުންދަނީ. 

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވިއެވެ.

މިސަރުކާރުގެ ސިޔާސީ ވަޒީފާތަކަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ އެއަދަދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، ސިޔާސީ މަގާމުތައް އިތުރު ކުރަމުންދަނީ ރައްޔިތުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ބިގޭ އިތުރަށް ވިދާޅުވީ، ސަރުކާރުގެ ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިވެފައިވާ ކަމަށާއި، ކަރަންޓު ބިލުތައް ބޮޑުވެ، ބޭސް ނުލިބި، އާސަންދަ ޚިދުމަތް ނުލިބި އަދިވެސް ދިވެހި އާއްމު ރައްޔިތުން އުފަލުގައި ދިރިއުޅުމަށްޓަކައި ބޭނުންވާ ޚިދުމަތްތަކުން މަހުރޫމްކޮށް ދަތިކުރަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.