Advertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތިން ކޮއްކޮ: އެ ތިންބެއިންނާއެކު ޖުމުލަ ލޯފަން ނުވަ ދަރިވަރުން ރޭ ވަނީ މާސްޓާސް ހާސިލުކޮށްފައި ---- ފޮޓޯ/ އަބްދުއްރައްޒާގު

19 Apr 2025
ޚަބަރު

ލޯފަން ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކޮށްފި

ކުރިމަތިވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ލޯފަން ނުވަ ދަރިވަރަކު ރޭ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފިއެވެ.

އެގޮތުން، ރޭ މާސްޓާސް ހާސިލުކުރި ނުވަ ދަރިވަރުންގެ ތެރޭގައި ހިމެނެނީ:

އަހުމަދު އަޝްރަފް

އަހުމަދު ފަޔާޒް

ޒުބައިރު މަހަމޫދް

ހުސައިން ޝަޔާޒް

އަބްދުﷲ ޝާޒްލީ

މޫސާ މުޙައްމަދު ސޯލިހް

ހުސައިން ޝަރީފް

އަބްދުއްރަޝީދް

މުޙައްމަދު ޖުލޫދް

އެ ދަރިވަރުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެއްބަނޑުއެއްބަފާ ތިން ކޮއްކޮ ހިމެނެއެވެ. އެއީ، ހުސައިން ޝަޔާޒާއި މޫސާ މުޙައްމަދު ޞާލިޙްގެ އިތުރުން އަބްދުﷲ ޝާޒްލީއެވެ.

އެ ތިން ބެއިންގެ އިތުރުން އަބްދުއްރަޝީދަކީ ހާފިޒުން ކަމަށްވާއިރު، ޖުލޫދު ނޫން ހުރިހާ ދަރިވަރުންނަކީ ލޯފަން ކުދިންގެ ޖަމިއްޔާގެ އެކި މަގާމުތަކުގެ މެންބަރުންނެވެ.

ލޯފަން ކުދިންގެ ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރު އަބްދުއްރައްޒާގު 'ސަން'އަށް ވިދާޅުވީ، ލޯފަން ދަރިވަރުން އެންމެ ފުރަަތަމަ ކިޔަވަން ފެށިއިރު ވެސް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން މިހާރު ވެސް، ކޯހުގެ އެސައިމަންޓުތައް ހަދަނީ މީހުން ކައިރިން މައުލޫމާތު ހޯދައިގެން އަޑު އަޅައި، ލެކްޗަރާއަށް ފޮނުވައިގެން ކަމަށެވެ. އަދި، ޓެސްޓުތައް ހަދަނީ ދަރިވަރުން ލައްވާ ކުރާ ރެކޯޑިން އަޑުއަހައިގެން ހިތުދަސްކޮށްގެން ކަމަށް އަބްދުއްރަގްޒާގް ވިދާޅުވިއެވެ.

ރޭގެ ދަސްވެނިވުމަށް ފަހު، ލޯފަންކުދިންގެ ޖަމިއްޔާގެ ރައީސް ހުސައިން ޝަރީފް ވިދާޅުވީ، މި ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.