Advertisement

މިރޭ ދަސްވެނިވި ހާފިޡުން -- ފޮޓޯ: ރައީސް އޮފީސް

27 Mar 2025
ޚަބަރު

މުޅި ޤުރުއާން ހިތުދަސްކޮށް 22 ފަރާތަކުން ސަނަދު ހާސިލްކޮށްފި

ކީރިތި ޤުރުއާން ހިތުދަސްކޮށް 22 ޙާފިޡުން، ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފިއެވެ.

މި ޙާފިޡުންނަށް ސަނަދު ދިނުމަށް މިރޭ ވަނީ ޙާފިޡުންގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ޙާފިޡުންނަށް ސަނަދު އެރުއްވެވީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ޙާފިޡުންގެ ދަސްވެނިވުމުގެ ގޮތުން އެކަމަށް ހާއްސަ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. މިޖަލްސާ ބާއްވާފައި ވަނީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ.

ޙާފިޡުކަމުގެ ސަނަދު ލިބިވަޑައިގެންނެވި 22 ބޭފުޅުންނަކީ:

1- އަލްޙާފިޡް މުޙައްމަދު މިޝްޢަލް ޢާޡިމް (ހ. ލައިޓްލައިން / މާލެ)

2- އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު (ދޫރެސް / ޏ. ފުވައްމުލައް)

3- އަލްޙާފިޡާ ފާޠިމަތު މަންހާ ބިންތް އިސްމާޢީލް (އަސުރުމާގެ / ވ. ތިނަދޫ)

4- އަލްޙާފިޡާ ޢާއިޝަތު ޒީކް ރިޔާޟް (އޯޝަން / ސ. ފޭދޫ)

5- އަލްޙާފިޡް ޢަބްދުﷲ އަޙްސަން ސަޢީދު (ޑިއަރެސްޓް / ސ. ފޭދޫ)

6- އަލްޙާފިޡް އުވައިސް ބިން ޢިނާޒް (ވައިލެޓްވިލާ / ގދ. ރަތަފަންދޫ)

7- އަލްޙާފިޡާ އާމިނަތު ޢިލްމާ ޠަލްޙަތު (މ. ރިހިރާޅު / މާލެ)

8- އަލްޙާފިޡް އާތިކު ޢަބްދުއްސައްތާރު (ނިރު / ނ. މާފަރު)

9- އަލްޙާފިޡް މުޞްޢަބް ބިން ފައިޞަލް (ބަގީޗާމަންޒިލް / ކ. ގުރައިދޫ)

10- އަލްޙާފިޡް އަޙްމަދު ރައީފް މުޙައްމަދު (ގުލްފާމްހިޔާ / ރ. މަޑުއްވަރީ)

11- އަލްޙާފިޡާ ޢާއިޝަތު ސާއިބަތު މުޙައްމަދު ރިކްޒާން (ފެމެލީ ޅ. ނައިފަރު)

12- އަލްޙާފިޡް ޢަބްދުﷲ ޙަޔާން ރަމީޒް (ގުރަހަ / ޅ. ނައިފަރު)

13- އަލްޙާފިޡް ޢާސިރު ޢާރިފް ޔޫސުފް (އަޅިވިލާގެ / ބ. އޭދަފުށި)

14- އަލްޙާފިޡް ޢާރިޝް ޢަބްދުﷲ އިބްރާހިމް (ޢާޒް / ޅ. ނައިފަރު)

15- އަލްޙާފިޡް ޒާލިފް މަދީޙް، (ހިޔާވަހި / ޅ. ނައިފަރު)

16- އަލްޙާފިޡް ޢަބްދުﷲ ޒަކްވާން މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)

17- އަލްޙާފިޡާ މަރްޔަމް ޙުނާ ޙަސަން (ހައިވޭ / ޏ. ފުވައްމުލައް)

18- އަލްޙާފިޡް ބިލާލް ބިން އަޙްމަދު (ގ. ހީނާ ހިޔާ / މާލެ)

19- އަލްޙާފިޡާ ޢާއިޝަތު ލިޒީ (ވެހި / ށ. މިލަންދޫ)

20- އަލްޙާފިޡް ޢަލާވީ އައްޔޫބު ބިން މުޙައްމަދު ޝުޖާޢު (މއ. ރަތްއެންދެރި / މާލެ)

21- އަލްޙާފިޡާ ނަބާހަތު ޢަބްދުﷲ (ސެލްވޭޝަން / އއ. ހިމަންދޫ)

22- އަލްޙާފިޡް ޒަލަފް ބިން ނާފިޢު (ޝާދީ ވިލާ / އދ. މަހިބަދޫ)

މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ސަބަބުން، ކީރިތި ޤުރުއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައި ކަމަށާއި އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަދާކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައިވާ ކަމުގައިވެސް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. ހަމައެއާއެކު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވާ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރުއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ފަށާފައިވާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.