Advertisement

ސްޓެލްކޯގެ މުވައްޒަފުން އެކުންފުނީ މައި އޮފީހުގައި ---

27 Feb 2025
ޚަބަރު

ރަމަޟާން މަހަށް ތައްޔާރު ކުރާ ބިލަށް ރީޑިން ނަގަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް މިއަހަރުގެ ރަމަޟާން މަހުގައިވެސް ކަރަންޓަށް ޑިސްކައުންޓްދޭނީ ރޯދަމަހުގެ 1 އިން ފެށިގެން ތައްޔާރުކުރާ ބިލަށް ކަމުގައި ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.

މިގޮތުން ރޯދަމަހަށް ތައްޔާރު ކުރާ ބިލްގައި ކޮންމެ ގޭބިސީއަކަށްވެސް މަދުވެގެން %10 ޑިސްކައުންޓް ލިބޭނެ ކަމުގައި ސްޓެލްކޯއިން ހާމަކުރައްވާފައިވެއެވެ. އެހެންވެ ގުރޭޓާ މާލެ ސަރަހައްދުގައި އެއްދުވަހެއްގައި ހުރިހާ ތަނަކުން ރީޑިން ނެގުމުގެ މަސައްކަތް މިއަދު ފަށާަފައިވާ ކަމުގައި، ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. 

އެކުންފުނިން ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލުންޑިސްކައުންޓް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، ރަމަޟާން މަހުގެ ޑިސްކައުންޓް ހިމެނޭ ކަރަންޓު ބިލަށް ފުރަތަމަ ރީޑިންގނެގުމުގެ ޙަރަކާތް މިއަދު ފަށާފައިވާ ކަމަށެވެ. އެހަރަކާތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ރީޑިންގނެގުމުގެ މަސައްކަތުގައި ސްޓެލްކޯގެ އެކި މަޤާމުތައް އަދާކުރާ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާ ކަމަށާއި އަމާޒަކީ މިއަދު ހުރިހާ ގޭބިސީތަކެއްގެ ކަރަންޓް މީޓަރުތަކުގެ ރީޑިން ނަގައި ނިންމުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.