Advertisement

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒު އިސްމާޢީލް --

28 Feb 2025
ޚަބަރު

އިންތިޚާބު ބޭއްވުމަށްވެސް ރައީސް ހުރަސް އަޅުއްވައިފާނެ: ފައްޔާޒު

ކުރިޔަށް އޮތް ތަނުގައި އިންތިޚާބެއްވެސް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަފު މުޢިއްޒު މަސައްކަތް ކުރައްވައިފާނޭ ކަމުގުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ،

ފައްޔާޒު މިހެން ވިދާޅުވީ، އެމްޑީޕީން އެޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ،  މަކަރުވެރި އެތައް ގޮތަކުން އައިސް ޑރ. މުއިއްޒުގެ ވިސްނުން ހުރީ ހުދުމުހުތާރު ވެރިކަމެއް ކޮށް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންތިހާބެއް ވެސް ބޭއްވިޔަ ނުދޭން ކަަމަށެވެ. އަދި ޞައްޙަ ވޯޓެއްލާން ފުރުޞަތު ލިބިއްޖެނަމަ ރައްޔިތުން ޑރ. މުޢިއްޒަށް ވޯޓު ނުދެއްވާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ދެން އޮތީ އިހްތިޖާޖުކޮށްގެން މިވެރިކަން ނިންމަން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ. އަދި އެކަމުގައި އެންމެ ފަހުމީހަކަށްވެސް ތިބޭނީ އެމްޑީީޕީގެ މެމްބަރުން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

މިރޭ ބޭއްވި ޖަލްސާ ނިންމި ފަހުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ، އިހްތިޖާޖު ކުުރުމަށް މާލޭގެ މަގުތައް މައްޗަށްވެސް ނުކުމެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.