Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިހަވަންދޫ އާމިނާދިޔޯ ޞިއްޙީމަރުކަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --

27 Feb 2025
ޚަބަރު

އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގެ ޑަޔަލަސިސް ސެންޓަރު ހުޅުވައިފި

ހއ އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގެ ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފައްޓަވައިދެއްވައިފިއެވެ.

އެ ސެންޓަރުގެ ޚިދުމަތް އެކަމަނާ ފައްޓަވައި ދެއްވީ، މިއަދު އިހަވަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު އިހަވަންދޫ ސްކޫލުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޑައިލިސިސްގެ ޚިދުމަތް އަމިއްލަ ރަށުގައި ތިބެގެން ލިބޭނެ މަގު ފަހިވެގެން ދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. 

ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަނީ އާމިނާދިޔޯ ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުތައް ބައްލަވާލައްވައި، އެތަނުގެ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމާއެކު އެއް ބޭފުޅަކު މިއަދު ވަނީ ޑައިލިސިސްގެ ޚިދުމަތް އެ މަރުކަޒުން ހޯއްދަވާފައެވެ.

އިހަވަންދޫގައި ޑައިލިސިސްގެ ފަރުވާ ބޭނުންވާ ޖުމްލަ 6 މީހަކު ދިރިއުޅެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.