Advertisement

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ---

27 Feb 2025
ޚަބަރު

ފާޑު ކިޔުންތައް އަމާޒުވުމުން މިނިސްޓަރ ހައިދަރު ފްލެޓް ދޫކޮށްލެއްވުމަށް ނިންމަވައިފި

ގެދޮރުވެރިޔާ މަޝްރޫއުގެ ތެރެއިން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރަށް ފުލެޓް ލިބުމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ފްލެޓް ދޫކޮށްލެއްވުމަށް ނިންމަވާފައިވާ ކަމުގައި މިނިސްޓަރ ހައިދަރު ވިދާޅުވެއްޖެއެވެ.

ހައިދަރު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މިހާރު އޭނާ ހުންނެވި ހައިސިއްޔަތުގެ ގޮތުން، އޭނާ އާއި އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި ފުލެޓް ލިބިގަތުމަށް ބޭނުންފުޅު ނުވާކަމަށެވެ. އަދި އެދެކަނބަލުންނަށް ވުރެ ފުލެޓަށް ހައްޤުވެރި އެހެން ބޭފުޅުން ތިއްބެވިކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މިހާރު ޑރ. ޢަލީ ހައިދަރު ހުންނެވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރުގެ މަޤާމުގައެވެ.

ޑރ. ޢަލީ ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ދީފައިވުން ދިފާޢުކުރައްވައި ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރަށް ސޯޝަލް ހައުސިންގ ސްކީމަކުން ފްލެޓް ދިނުމުން އާއްމުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.