Advertisement

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު --

26 Feb 2025
ޚަބަރު

ފަނޑިޔާރުން ސަަސްޕެންޑްކުރި ކަމުގެ ސިޓީ ދިނީ ޝަރީއަތަށް ވަދެވަދެ ތިއްބައި

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރަކު، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސަސްޕެންޑް ކުރީ، މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގެ ބެންޗަށް އަރާވަޑައިގަތުމަށް ކޯޓު ރޫމުގެ ބެކް ސްޓޭޖުގައި ތިއްބަވަނިކޮށް ކަމުގައި މައުލޫމާތު ލިބިއްޖެއެވެ.

"ނޫން.އެމްވީ"އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ، ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑްކޮށް ފޮނުވި ސިޓީ ލިބިވަޑައިގެންނެވި އިރު ފަނޑިޔާރުން ތިއްބެވީ، 11:00ގައި ބޭއްވުމަށް ކޯޓުގައި ތާވަލުކޮށްފައި އޮތް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި، ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހުށައަޅާފައިވާ ދުސްތޫރީ މައްސަލައަށް ވެދެވަޑައިގެންނެވުމަށް ތައްޔާރުވެގެންނެވެ. މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި ގޮތުގައި، ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ބެންޗަށް ވަޑައިގަންނަވަނިކޮށް ފަނޑިޔާރުންނަށް ސަސްޕެންޑް ކުރި ކަމުގެ ސިޓީ ހަވާލުކޮށްފައި ވަނީ ހެނދުނު 11:19ގައެވެ.

އެސިޓީ ލިބިވަޑައިގެންނެވުމާއި ގުޅިގެން ފަނޑިޔާރުންނަށް ޝަރީއަތުގެ މަޖިލީހަށް ވެދެވަޑައެއް ނުގެންނެވުނެވެ. އެހެންވެ ޝަރީޢަތުގެ މަޖިލިސް ޖެހުނީ ކެންސަލް ކުރާށެވެ. 

ދުސްތޫރީ މަައްސަލައެއް ސްޕްރީމްކޯޓުގައި ބެލޭނީ މަދުވެގެން 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެހެންވެ 3 ފަނޑިޔާރަކު ސަސްޕެންޑް ކުރުމާއި ގުޅިގެން ސްޕްރީމްކޯޓުގައި ދެން ދުސްތޫރީ މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.