Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ތެރެއިން ---

26 Feb 2025
ޚަބަރު

ސްޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭ ގޮތަށް ޤާނޫނަށް ހުށައެޅި އިސްލާޙް ފާސްކޮށްފި

ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުން 2 ފަނޑިޔާރަކު ވަކިކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމަށް ހުށައަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ވޯޓިންގ ސިސްޓަމްގައި މައްސަލައެއް ޖެހިފައިވާ ކަމަށް ބުނެ، މި ބިލް ފާސްކުރުމަށް ވޯޓަށް އަހާފައި ވަނީ މެމްބަރުންނާއި ސުވާލުކޮށް ވަކިވަކީންނެވެ. ބިލްފާސްކުރުމަށް ނެގި ވޯޓުގައި 68 މެމްބަރުން ވޯޓުދެއްވީ ފެންނަ ކަމަށެވެ. އަދި އިދިކޮޅު 9 މެމްބަރަކު ވޯޓު ދެއްވީ ނުފެންނަކަމަށެވެ.

މިބިލަކީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުއްވި ބިލެކެވެ. ބިލްގެ ކޮމިޓީ މަރުހަލާވެސް ގަޑިއެއްގެ އިރުގެ ތެރޭގައި ރޭ ވަނީ ނިންމާލައި މަޖިލީހުގެ ތަޅުމަށް ހުށައަޅާފައެވެ.

މިބިލްގައިވާ ގޮތުން މަޖިލީހުން ބިލް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ކުރައްވާތާ 5 ދުވަހުގެ ތެރޭގައި ސްޕްރީމްކޯޓުން ވަކިކުރާ 2 ފަނޑިޔާރުގެ ނަން ޖޭއެސްސީން މަޖިލީހަށް ހުށައަޅަން ޖެހޭނެއެވެ.

ސްޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ސަރުކާރުގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުން މިގެންދަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށް ގެނެސްފައިވާ އިސްލާޙާއި ގުޅިގެން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި މައްސަލައެއް ހިނގަމުންދާ ވަގުތުގައެވެ.

އެބިލްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީޤުކުރައްވާތާ 5 ދުވަހުގެ ތެރޭގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ސްޕްރީމްކޯޓުން ވަކިކުރަން ބޭނުންވާ ދެ ފަނޑިޔާރުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.