Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

25 Feb 2025
ޚަބަރު

މިނިސްޓަރ އިޙްސާނަށް ޢިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި

ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި ދެކޮޅަށް އިދިކޮޅު ޕާޓީ އެމްޑީޕީން ހުށައެޅީ އިތުބާރު ނެތްކަމުގެ މައްސަލަ، ޕީއެންސީއިން ނާކާމިޔާބު ކޮށްލައި، އިޙްސާނަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތްކަން ހާމަކޮށްދެެއްވައިފިއެވެ.

މިނިސްޓަރ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި، އިޙްސާނަށް އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުންނެވެ. އިޙްސާނަށް އިތުބާރު އޮތްކަމަށް، ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ 76 މެމްބަރުން ތިއްބަވައެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 96 މެމްބަރުން ތިއްބަވާއިރު، މިހާރު މަޖިލީހުގައި ވަޒީރެއްގެ އިތުބާރުނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރެވޭނީ ޖުމުލަ 47 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އިދިކޮޅު އެމްޑީޕީގައި ތިއްބެވީ ޖުމުަލަ 12 މަޖިލިސް މެމްބަރުންނެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް އިދިކޮޅު ޕާޓީން ބޭނުންވާ ގޮތަށް ނިންމޭނެ އަޣުލަބިއްޔަތެއް އެމްޑީޕީއަކަށް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވަނީ، އެމަނިކުފާނުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބު ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.