Advertisement

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --- ފޮޓޯ: މަޖިލިސް

24 Feb 2025
ޚަބަރު

މަޖިލީހުގައި ރިޔާސަތުގައި އިންނެވީ މިނިވަންކަމާއި އެކުގައި ކަމަށް ޢަބްދުއްރަހީމް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. 
އަބްދުއްރަހީމް މިހެން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސްކުރުމަށް ލިބުނު ފުރުޞަތުގައި، މީކާއީލް ވަނީ މަޖިލީހަށް މިހާރު ހުށައަޅާފައިވާ، ސްޕްރީމްކޯޓުގެ ބެންޗަށް ބަދަލު ގެނައުމާއި ގުޅޭ އިސްލާޙާއި ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށް މަސައްކަތްޕުޅު ކުރައްވާފައެވެ. އަދި މީކާއީލްގެ ވާހަކަފުޅު ތަކުރާރުކޮށް މަޖިލީހުގެ ރައީސް ހުއްޓުވުމުން މީކާއީލް ވަނީ، މަޖިލީހުގެ ރައީސަކީ މަޖުބޫރީ ޙާލަތުގައި އިންނެވި ބޭފުޅެއް ކަމުގައި ވިދާޅުވެފައެވެ.

މީކާއީލަށް ރައްދުދެއްވައި، އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަންޖެހިވަޑައިގަންނަވާ އެއްވެސް މަަސައްކަތްޕުޅަކަށް ހުރަހެއް ނެތް ކަމަށެވެ.

މީކާއީލްގެ ވާހަަހަކަފުޅުގައި އަބުދުއްރަހީމްގެ އާއިލީ ބޭފުޅުން ސަރުކާރުގެ މަޤާމުތަކުން ވަކިކުރަމުންދާކަން ފާހަގަކުރައްވައި މީކާއީލް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޢަބްދުއްރަހީމް ވިދާޅުވީ، އެއީ މަޖިލީހުގެ މަސައްކަތްތަކަށް ނުފޫޒެއް ފޯރުވޭނެ ކަމެއް ނޫންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމާއި ގުޅުން ގޯސްވެ ޢަބްދުއްރަހީމްގެ އާއިލާގެ ބޭފުޅުން ސަރުކާރުގެ މަޤާމުތަކުން ގެންދަނީ ވަކިކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސް ކަމުގެ ޢަބްދުއްރަހީމް ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ކޮމެންޓް
މަޖުލިސް
މަޖުލިސްރައީސް މިހާމިނިވަންކޮން އިންނަވާކަމަށް ވިދާޅުވާއިރު، ދެން ކީއްވެބާ އަނދާއަނދާ އަޅިއަށްވެފާ އިންނަހެން ތި އިންނަވަނީ.!!؟
24 Feb 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.