Advertisement

28 Apr 2023
ދީން
މިފްތާޙް މުޙައްމަދު

ޢަމަލުތަކުގައި އިޚްލާޞްތެރިވުން

އަހަރެމެން އެތާނގެ މަތީގައި ދިރިއުޅޭ މި ބިން, މާތް الله ވަނީ އަހަރެމެންނަށްޓަކައި ކިޔަމަންކޮށް ދެއްވާފައެވެ. އަހަރެމެން ދިރިއުޅުމަށް ބޭނުންވާ ކަންޒުތަކާއި, ބާރުތަކާއި, ހަކަތަތަކާއި, މުއްސަނދިކަން އެ ބިމުގެ ތެރޭގައި ރައްކާކޮށް ދެއްވާފައި ވެއެވެ. އިންސާނާގެ މައްޗަށް އޮތީ, މި ތަކެތިން ފައިދާ ލިބިގަތުމަށްޓަކައި, އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކުރުމެވެ.

އިސްލާމްދީނުގައި ޢަމަލުތައް ޤަބޫލުކުރައްވާނީ,  الله سبحانه و تعالى‎ ގެ ވަޖްހުފުޅަށްޓަކައި ކުރެވޭ ކަމަކަށް ވާނަމައެވެ. الله ގެ ޙަޟްރަތުން ދަރުމައަށް އެދި, އެއްވެސް ކަންދެއްކުމެއް ނެތި, އިޚްލާޞްތެރިކަމާއެކު އެކަމެއް ކޮށްގެންނެވެ. މިކަމާއި ގުޅިގެން ރަސޫލު الله صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށެވެ. ހަމަކަށަވަރުން ކޮންމެ މީހަކަށްމެ, އެމީހަކު ނިޔަތްގަތްކަމެއް ލިބިގެން ވެއެވެ."

ދުނިޔޭގެ އަރާމާއި, ނަފްސުގެ ބައެއް އެދުންތަކަކީ ވެސް, ރަނގަޅު ހެޔޮ ނިޔަތެއްގައި ކުރެވިއްޖެނަމަ, الله ގެ ޙަޟްރަތަށް ކުއްތަން ކުރުވަނިވި ޢަމަލެކެވެ. ކުރާ ޢަމަލާއި މަސައްކަތުގައި އިޚްލާޞްތެރިކަމެއް ނެތި, ބޭރު ފުށުން އެއީ ރަގަޅު ޢަމަލުތަކެއް ކަމުގައި ފެނުނަސް, އެވާނީ ފާސިދު ޢަމަލުތަކަކަށެވެ. އެއީ ތިމާ ކުރާ އަޅުކަން ކަމުގައި ވިޔަސް މެއެވެ

ފަރުވާ ކުޑަކޮށް, ދެއްކުންތެރިކަމުގެ ގޮތުން ކުރާ ނަމާދާ ބެހޭގޮތުން މާތް الله ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާއިގައި ވެއެވެ. "ފަހެ އެއުރެންގެ ނަމާދާ މެދު ޣާފިލުވެތިބެ, ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ, ހަމަ ކަށަވަރުން ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ." މިކަމުން އެނގެނީ އިޚްލާޞްތެރިކަމެއްނެތި ކުރާ ނަމާދަކީ, އޭގައި ރޫޙެއްނެތް އަޅުކަމެއް ކަމެވެ

އަމިއްލަ އެދުން ބޮޑުވެ, ތަޢުރީފުކުރުމަށް ލޯބިކުރެވުނު ވަރަކަށް އިޚްލާޞްތެރިކަމުގެ ބައްތި ކަނިވަމުން ދާނެއެވެ. ފަޚްރުވެރި ވުމަށާއި, މަޝްހޫރުވުމަށް ލޯބި ކުރެވުނު ވަރަކަށް އިޚްލާޞްތެރިކަން ފަނޑުވަމުން ދާނެއެވެ. الله ޤަބޫލު ކުރައްވަނީ އެއްވެސް ކިލަނބުކަމެއްނެތް, ސާފު ޞާލިހު ޢަމަލުތަކެވެ. އިސްލާމް ދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރްކުގެ ބާވަތެކެވެ. އަހަރެމެންގެ ރަނގަޅު ޢަމަލުތައް ނުބައި ޢަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުމެވެ.

މަސްދަރު: ހުކުރު ޚުޠުބާ - 28 އޭޕްރިލް 2023 (ޢަމަލުތަކުގައި އިޚްލާޞްތެރިވުން)

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.