Advertisement

ފޮޓޯ ލެޓްސްގޯ މޯލްޑިވްސް --

02 Feb 2025
ޚަބަރު

ފަތުރުވެރިން ސްނޯކްލިންއަށް ގެންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއެޅުން ލާޒިމްކޮށްފި

ޓޫރިސްޓުން ގޮވައިގެން ފެހުރިހި ބަލަން ދާ ނަމަ އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި ޤަވާއިދު އިސްލާޙްކޮށްފިއެވެ.

މިގޮތަށް ޤަވާއިދު ބަދަލުކޮށްފައި ވަނީ، ފެހުރިހި ބަލަންދާ ފަތުރުވެރިންގެ ގައިގައި، އިންޖީނު އުޅަނދު ފަހަރުގެ ބުރަފަތިންޖެހި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ހިނގުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދެމަހުވެސް އެފަދަ ދެ ދެހާދިސާއެއް ވަނީ ހިނގާފައެވެ.

"ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) އަކީ، އދ އަތޮޅުގެ ބޭރު ދުނި ހިމެނޭ، އަދި ރާއްޖޭގައި އެންމެ ގިނައިން ފެހުރިހި ފެންނަ ސަރަހައްދަށް ވުމާއިއެކު ފަތުރުވެރިންނަށް ފެހުރިހި ދައްކަން އެންމެ ގިނައިން ގެންދަނީ އެސަރަހައްދަށެވެ. އަދި އެންމެ ގިނަ ހާދިސާތައް ހިނގާފައި ވަނީވެސް އެ ސަރަހައްދުގައެވެ.

އެހެންވެ އެސަރަހައްދަށް ފަތުރުވެރިން ގޮވައިގެންދާ އުޅަނދުފަހަރު ރަޖިސްޓްރީވާންޖެހޭ ގޮތަށާއި، އަދި 3 މަސް ދުވަހުގެ ތެރޭގައި އުޅަނދުތަކުގައި ޕްރޮޕެލާ ގާޑު އެޅުވުން ލާޒިމްކޮށް ޤަވާއިދު ވަނީ އިސްލާޙްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.