Advertisement

މިއަދު ކުރިޔަށް ދިޔަ އަޑުއެހުމުގެ ތެރެއިން ---

28 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއާ ޗާގޯސްގެ ފުށުއަރާ އިޤުތިޞާދީ ސަރަހައްދު ބެހުމުގައި ރާއްޖެއިން ބޭނުންވި ގޮތަށް މައްސަލަ ނިންމައިފި

ޗާގޯސްއާ ރާއްޖޭގެ އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަަޅާފައިވާ މައްސަލަ ރާއްޖޭން ބޭނުންވި ގޮތަށް ނިންމައިފިއެވެ.

މިމައްސަލައިގައި މޮރިޝަސްއިން ދައުވާކޮށްފައި ވަނީ ޗާގޯސްގެ ބްލެންހިމްފަރުން ފެށިގެން އުތުރަށް މިން އަޅައި އިޤުތިޞާދީ ސަރަހައްދު ބެހުމަށެވެ. އެހެން ނަމަވެސް ރާއްޖެއިން އެކަމަށް ވަނީ އިންކާރުކޮށްފައެވެ. މިމައްސަލައިގައި މައިގަނޑު ގޮތެއްގައި ދެޤައުމުގެ މެދުގައި ޚިލާފު އުފެދުނީ، ދެޤައުމަށް އެއްވަރަށް ކަނޑު ސަރަހައްދު ބެހުމުގައި ބޭސްޕޮއިންޓް ކަނޑައެޅުމާއި ގުޅޭ ގޮތުންނެވެ.

މިގޮތުން މިމައްސަލައިގައި ރާއްޖެއިން ފާހަގަކޮށްފައި ވަނީ ބްލެންހިމްފަރަކީ ހިކިދިޔައިގައި ނޫނީ ނުފެންނަ ފަރަކަށް ވުމުން ބޭސް ޕޮއިންޓްގެ ގޮތުގައި އެތަން ކަނޑަނޭޅޭނެ ކަމަށެވެ. މިމައްސަލައިގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމާފައި ވަނީ ރާއްޖޭގެ ކޮޅަށެވެ. އެހެންވެ ދެޤައުމުގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދު ބެހި އިރު، ރާއްޖެއަށް ވަނީ މިހާރު އޮތް ސަރަހައްދުގެ އިތުރަށް، 4600 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައެވެ.

ރާއްޖެއާ ޗާގޯސް އާކިޕެލެގޯގެ އިން ވަކިކުރުމުގެ މައްސަލައަކީ ބައިގަރުނަށްވުރެ ގިނަ ދުވަސްވެފެން ގޮސްފައިވާ މައްސަަލައެކެވެ. ޗާގޯސްގެ މިލްކުވެރިކަމާއި މެދު މޮރިޝަސްއިންވެސް އަދި އިނގިރޭސިވިލާތުންވެސް ދައުވާކުރެއެވެ. ޗާގޯސްގެ މިލްކުވެރިކަމާއި މެދު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމާފައި ވަނީ ޗާގޯސްއަކީ އިނގިރޭސީން އިސްތިޢުމާރުކޮށްފައިވާ، މޮރިޝަސްގެ ތަނެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.