Advertisement

އެމެރިކާގައި ހިނގި އެކްސިޑެންޓް --

31 Jan 2025
ޚަބަރު

އެމެރިކާގެ ރައީސަށް ރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

އެމެރިކާގައި މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ޖެހިގެން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމެރިކާގެ ރައީސް ޑޮނާލްޑް ޖޭ. ޓްރަމްޕަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޢާއިލާތަކަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެމެރިކާއާއިއެކު ދެމިތިބިކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ބުދަ ދުވަހުގެ ރޭގައި މިހާދިސާ ހިނގާފައި ވަނީ، ރޭގަން ވޮޝިންޓަން އިންނޭޝަނަލް އެއާޕޯޓުގައި ޖައްސަން ތިރިކުރަމުން ދިޔަ، އެމެރިކަން އެއާލައިންސްގެ ބޯޓުގައި ވައިގެ ތެރޭގައި ޖެހުނީ، ތިން ސިފައިންނާއެކު ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކު ހެލިކޮޕްޓަރެކެވެ. މިހާދިސާގައި މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގައި ތިބި އެންމެން ވަނީ މަރުވެފައެވެ.

މިއީ ވައިގެ ތެރޭގައި ދެއުޅަނދެއްޖެހި އެމެރިކާގައި މި ފާއިތުވި 50 އަހަރުގެ ތެރޭގައި ހިނގި އެންމެ ހިތާމަވެރި ހާދިސާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.