Advertisement

ޕީޕީއެެމްގެ ޖަލްސާއެއްގެ ތެރެއިން --

31 Jan 2025
ޚަބަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މިސަރުކާރު ވެރިކަމަށް ގެނައުމަށް، މައި ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އުވާލައި އެޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައި ވަނީ ބުރާސްފަތި ދުވަހުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އުވާލާފައި ވަނީ، އެޕާޓީގެ ސެނެޓުން ޕާޓީ އުވާލުމަށް ނިންމައި، ޕާޓީގެ ފަރާތުން އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމާއި ގުޅިގެން ކަމުގައި އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ހާމަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޕީޕީއެމް އުނިކޮށްފައިވާ ކަމަށެވެ. ޕީޕީއެމްއަކީ 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް ރާއްޖޭގައި ވެރިކަން ކުރި ޕާޓީއެވެ. އަދި އޭރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ޕީޕީއެމް އުވާލިއިރުވެސް އެޕާޓީގެ ދަފްތަރުގައި 30000 ވުރެ ގިނަ މެމްބަރުން ތިއްބެވެ.

ޕީޕީއެމް އުވާލުމަށް ފަހު، މިހާރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިންދަނީ، ޕީޕީއެމްގެ މެމްބަރުން އެޕާޓީއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. ޕީއެންސީގެ މެމްބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ވަގި ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.