އަލީ ރަމީޒު --
ޢަލީ ރަމީޒު މަންފާގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި
ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު، މަންފާގެ ނަމުގައި އަމިއްލައަށް ޖަމިއްޔާއެއް އުފައްދައިފިއެވެ.
ޢަލީ ރަމީޒު އެކްސް ކުރި ޕޯސްޓްގައި ބުނެފައި ވަނީ އެޖަމިއްޔާއަކީ، އިސްލާމް ދީނުގެ ރިވެތި ވައުޒާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، މިދީނުގެ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާއީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަގްސަދުގައި އުފެއްދި ޖަމިއްޔާއެއް ކަމަށެވެ.
ޢަލީ ރަމީޒު މިހާތަނަށް މަސައްކަތް ކުރައްވަމުން އައީ ޖަމިއްޔަތުއް ޞަލަފާއި އެކުގައެވެ. އެހެން ނަަމަވެސް އެޖަމިއްޔާ އާއި މެދު ހިތް ހަމަ ނުޖެހިގެން އަލީ ރަމީޒު ސަލަފް ޖަމިއްޔާއިން ވަކިވީ ޑިސެމްބަރު، 2024، ގަ އެވެ.