Advertisement

ރައީސުލްޖުމްހޫރިއްޔާ އުލިގަމު ކައުންސިލާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުން ---

30 Jan 2025
ޚަބަރު

އުލިގަމު ޔޮޓު މެރީނާގެ މަސައްކަތް އަންނަ މަހު ފަށަނީ

އުލިގަމުގެ ތަރައްޤީއަށް އެންމެ މުހިއްމު ވެފައިވާ، ޔޮޓް މެރީނާ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހު ފެށިގެންދާނޭ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްެޖެއެވެ.

އުލިގަމުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އުލިގަމުގެ ތަރައްޤީއަށް، ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނޭކަން އިޢުލާންކުރައްވާފައެވެ. އަދި، ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ބޮއިވެސް، ފެބްރުއަރީ މަހު ހަރުކުރެވި، އޭގެ ފައިދާ އުލިގަމު ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، އުލިގަމު ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އެރަށު ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުން ކަމަށާއި، އެކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން، އެމް.ޓީ.ސީ.ސީ އާއި ހަވާލުކުރެވިގެން އެމަސައްކަތް އަންނަ މަހު ފެށިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އުލިގަމަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުލިގަމު ޞިއްޙީ މަރުކަޒަށް ޒިޔާރާތްކުރައްވައި، އެ މަރުކަޒުގެ ޚިދުމަތްތަކާއި މަރުކަޒުގައި ޚިދުމަތްދިނުމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އުލިގަމަކީ، ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ގިނަ އުޅަނދުތައް ބަނދަރު ކުރާ ރަށެވެ. އެރަށުގައި ޒަމާނީ ޔޮޓުމެރީނާއެއް ތަރައްޤީކުރުމަކީ އުތުރުގެ އިޤުތިޞާދަށް މުހިއްމު ކަމެއްގެ ގޮތުގައި ހުރިހާ ސަރުކާރަކުންވެސް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އުލިގަމުގައި ޔޮޓު މެރީނާއެއް ތަރައްޤީކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރެވިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.