Advertisement

އެމްއެމްއޭގެ ގަވަރުނަރު، ޢަލީ ޙާޝިމް --- ފޮޓޯ: އެމްއެމްއޭ

28 Apr 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ އިޤުތިޞާދު ކޯވިޑްގެ ކުރީގެ ޙާލަތަށް ރުޖޫޢަވެއްޖެ

ރާއްޖޭގެ އިޤުތިޞާދު މިހާރުވަނީ ކޯވިޑް-19ގެ ކުރީގެ ޙާލަތަށް ރުޖޫއަވެފައި ކަމުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ޙާޝިމް ވިދާޅިުވެއްޖެއެވެ.

ގަވަރުވަރު މިހެން ވިދާޅުވެފައި ވަނީ، އެމްއެމްއޭގެ އަހަރީ ރިޕޯޓްގައި އެމަނިކުފާނު ލިޔުއްވާފައިވާ ބަޔާނުގައެވެ. 

ގަވަރުނަރު އަލީ ޝިހާމް ފާހަގަކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ އިޤުތިޞާދު މިދިޔަ އަހަރު ވަނީ، 13.9 އިންސައްތަ ކުރިއަރާފައެވެ. ގަވަރު ނަރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިޤުތިޞާދު ޢިއާދަވީ އެތެރޭގެ ވިޔަފާރިތައް އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމާއި އެކުގައެވެ.

އެމްއެމްއޭއިން މީގެ ކުރިން ލަފާކޮށްފައި އޮތީ 2022 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤުތިޞާދު ކުރިއަރާނީ، 12 އިންސައްތަ ކަމަށެވެ. 

ރާއްޖޭގެ އިޤުތިޞާދު ކޯވިޑްގެ ކުރީގެ ހާލަތަށް އިއާދަވި ނަމަވެސް، ރާއްޖޭގެ އިންފްލޭޝަން މަތިވަމުންދާކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މިއަހަރު ރާއްޖޭގެ އިޤުތިޞާދު 7 ޕަސެންޓް ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފައި ވާއިރު، އިންފްލޭޝަންެސް 5.4 އިންސައްތަ މައްޗަށް ޖެހޭނެ ކަމުގައި އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.