Advertisement

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު ޢަލީ

06 Aug 2023
ޚަބަރު

ރައީސް ޞާލިޙް ވަނީ މުދައްރިސުންނަކީ އަސްލުގައިވެސް ގައުމީ ބިނާވެރީންކަން އަމަލީގޮތުން ދައްކުވައިދެއްވާފައި: އެޑިޔުކޭޝަން މިނިސްޓަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މުދައްރިސުންނަކީ އަސްލުގައިވެސް ގައުމީ ބިނާވެރީންކަން އަމަލީގޮތުން ދައްކުވައިދެއްވާފައިކަމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިފެށުނު ދިރާސީ އަހަރުގެ މުނާޞަބަތުގައި މިއަދު ފޮނުއްވި ޚިޠާބުގައެވެ.

އެޑިޔުކޭޝަން މިނިސްޓަރުގެ ޚިޠާބުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ މުދައްރިސުންނަކީ އަސްލުގައިވެސް ގައުމީ ބިނާވެރީންކަން އަމަލީގޮތުން ދައްކުވައިދެއްވާފައިކަމަށާއި ނަންވެ، ކަންވެސް ވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ދައްކުވައިދެއްވާފައި ކަމަށެވެ، އެހެންކަމުން އެކަމަނާގެ އެދުމަކީ، ކޮންމެ ބޭފުޅަކީވެސް މުދައްރިސުންނަށް ހައްގު އިހުތިރާމު އަދާކުރައްވާ، ގަދަރު ދެއްވާ، ކަމޭ ހިއްތަވާ ބޭފުޅަކަށް ވުންކަމަށާއި، ހަމަ އެގޮތަށް، އެދުރުންނަކީ މުޖުތަމައު ބަލައިގަންނަ، އިހުތިރާމުކުރާ، ގަދަރުވެރި ބައެއްގެ ގޮތުގައި ވުން ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމު ކުރިއަރުވައި ފުޅާކުރެއްވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ފާއިތުވެ ދިޔަ 30 އަހަރުގެ ތެރޭގައި، ފެނިގެން ގޮސްފައި ވަނީ، އެދުރުންގެ މުހިއްމު ކަމާއި މެދު ނޭނގި ނަމަވެސް އިޙްމާލު ވެވުނުތަން ކަމަށާއި އޭގެ ނަތީޖާއަކީ، މުދައްރިސުންގެ މަޤާމާއި ހައިބަތު، މުޖުތަމަޢުގައި ނަގަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ވިދާޅުވީ، މުދައްރިސުންނަށް މުސާރަ ބޮޑުކޮށްދެއްވުމާއި ހަމައިން ނިންމާލުމަށް ސަރުކާރުން ޤަސްދު ނުކުރައްވާ ކަމަށެވެ. އަދި ޤައުމީ މަންހަޖުގެ ތަޞައްވަރު ޙާޞިލް ކުރެވޭނީ އަދި އޭގެ އަރައިހުރި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނުވޭނީ، އެ މަންހަޖު ރަނގަޅަށް ސްކޫލުތަކުގައި ތަންފީޒް ކުރެވޭނީ، މުދައްރިސުންނަށް އެކަށީގެންވާ ފަހި، އުފާވެރި މަސައްކަތު މާހައުލެއް ޤާއިމްކޮށްދެވިގެން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަގަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާކަންވެސް އެޑިޔުކޭޝަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެޑިޔުކޭޝަން މިނިސްޓަރުގެ ޚިޠާބުގައި ވަނީ މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަޙްނިޔާ ދަރިވަރުންނަށާއި މުދަރިއްސުންނަށާއި ބެލެނިވެރިންނަށް އަދި ތަޢުލީމީ ދާއިރާގެ އެންމެހައި ފަރާތްތަކަށް ފޮނުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.