Advertisement

ފޮޓޯ: ސޯޝަލް މީޑީއާ

06 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

އުދަ އަރާތީ އާންމުން ބައެއް ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އިއްޔެއިން ފެށިގެން މުޅި ރާއްޖެއަށް އަދި ޚާއްސަކޮށް މާލެ ސަރަހައްދަށް އުދަ އަރަމުންދާތީ ބައެއް ކަންކަމަށް އާންމުން ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ. މިއަދުވެސް ބައެއް ވަގުތުތަކުގައި އުދަ އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ

އިއްޔެ މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑާއި ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދަށް ބޮޑެތި ރާޅުތައް އަރައި މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. އުދައިގެ ރާޅާއެކު ވެއްޔާއި ގާ ވެސް ވަނީ ވަރަށް ބޮޑަށް އެއްގަމަށް ޖަމާވެފަ އެވެ

މިއަދުވެސް އުދަ އެރުމަކީ އެކަށީގެންވާ ކަމަކަށްވާއިރު މިކަންކަމަށް ސަމާލުވުމަށް އެންޑީއެމްއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެއީ

- އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން

- ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖަހާ, ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

- ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގެއްލުންވާނެ މުދާތައް އުސްތަންތަނަށް ބަދަލުކުރުން

- ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން

- އޮޑިދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެހެން އެއްސުން

- ދިޔަވަރު ބޮޑު ގަޑީގައި ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވުން

- ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް, އުދައާއެކު ރަށުތެރެއަށް ފެތުރޭ ކުނި އަވަހަށް ސާފުކުރުން

ބްރިޖާއި, ބޮޑުތަކުރުފާނު މަގުން ދަތުރުކުރުމަށް ދަތިވާ ވަރަށް ވެއްޔާއި ގާ އަރާފައި އޮތުމުގެ ސަބަބުން އެމްޓީސީސީން އިއްޔެގެ ވަކި ވަގުތެއްގައި ވަނީ, ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ކާނިވާ ބަސް ސްޓޮޕަށް ދަތުރުކުރާ ބަސްތައް ވަގުތީގޮތުން މެދުކަނޑާލާފަ އެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.