Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

06 Aug 2023
ޚަބަރު

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

ގާތްގަނޑަކަށް ދޮޅު މަހުގެ ބޮޑު ބަންދަކަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ 84,200 އެއްހާ ދަރިވަރުންނާއެކުއެވެ. އެއީ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 73,078 ދަރިވަރުންނާއި އަދި އަމިއްލަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާވެސް އެކުގައެވެ. މުޅި ޖުމްލަ 216 ސްކޫލެއްގައި މިއަދު ވަނީ ކިޔެވުން ފަށާފައެވެ. މީގެތެރެއިން 156 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެ އެވެ.  

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، މާލެ ސަރަޙައްދުގައި އިތުރު ސްކޫލްތަކެއްގައި ކިޔަވައިދޭން ވަނީ ފަށާފައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންނަށް ޚާއްސަކޮށްގެން ސަރުކާރުން ތަރައްޤީކުރި ސްކޫލާއި، ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތާއި ސީއެޗްއެސްސީގެ އައު އިމާރާތާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ސްކޫލްތަކުގައެވެ.

ޖާގައިގެ ދަތިކަން ކުރިން ކުރިމަތިވެފައިވާ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މި ދިރާސީ އާ އަހަރު ފަށަނީ، ކުރިން ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތުގަ އެވެ

މިފެށުނު ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ބަންދު އަންނަނީ ޑިސެމްބަރު 22 އިން އަންނަ އަހަރުގެ ޖެނުއަރީ ހައެއްގެ ނިޔަލަށެވެ. އަދި އަންނަ އަހަރު ބޮޑު ބަންދު އަންނާނީ ޖޫނު 13 އިން ޖުލައި 30 އަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.