Advertisement

ހުޅުމާލެ ފޭސް 2 އިން ގޯތިތައް ހަވާލުކުރުން --

29 Oct 2024
ޚަބަރު

ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ހުރިހާ ގޯތި ހަވާލުކޮށް ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ހުރިހާ ގޯތިތައް، އެގޯތިތަކުގެ ވެރިފަރާތްތަކާއި ހަވާލުކޮށް ނިމިއްޖެ ކަމުގައި ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީން އިއްޔެ ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކުރުމަށް ކުރި މަސައްކަތުން ހުރިހާ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް އިއްޔެގެ ނިޔަަލަށް ވަނީ ނިމިފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެ ފޭސް 2، އަދި ފޭސް 3ގެ އިތުރުން ގިރާވަރުފަޅާއި، ގުޅިފަޅުން ޖުމުލަ 9003 ގޯތި ދޫކޮށްފައި ވެއެވެ. އޭގެ ތެރެއިން ބިމާއި ހަވާލުވެވިފައި ވަނީ އަދި ހުޅުމާލެ ފޭސް 2އިން ގޯތި ލިބުނު މީހުންނަށް އެކަންޏެވެ. ހުޅުމާލެ ފޭސް 3 އާއި ގުޅީފަޅާއި ގިރާވަރު ފަޅުން، ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލު ކުރުމަށް ސަރުކާރުން އަންނަނީ އެކި މުހުލަތުތައް ދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.