Advertisement

ބިންވެރިޔާ ސްކީމްގެ ގުރުނެގުން ---

29 Oct 2024
ޚަބަރު

ލޭންޑް ޔޫސް ޕްލޭނަށް އެތައް ފަހަރަކު ބަދަލު ގެނައުމަށް ފަހު، ގުރުނެގުންވެސް ސަރުކާރުގެ އަތްމައްޗަށް!

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް, ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައެޅުމަށް ގުރުއަތު ނަގައިދޭނީ، ސަރުކާރުގެ އޮފިޝަލުންކަން ހާމަކުރުމާއި އެކު ބައެއް ފަރާތްތަކުގެ ނުރުހުން ސަރުކާރަށް އަމާޒު ވެއްޖެއެވެ.

ގިރާވަރުފަޅާއި ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންނަށް، ގޯތި ލިބުނު ސަރަހައްދުތައް ކަނޑައަޅައި ބިމުގެ ރަޖިސްޓްރީވެސް ދޫކޮށްފައި ވަނިކޮށް، މިހާރުގެ ހައުސިން މިނިސްޓްރީން ވަނީ އެ ދެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް އަލުން، ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައެޅުމަށް ގުރުއަތުލުން ބޭއްވުމަށް ނިންމާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރަށް ބަދަލު ގެނެސްފައި ވާއިރު، އެންމެ ފަހުން ގެނައި ބަދަލުތަކާއި އެކު، އެޕްލޭން އާއްމުކުރީ ހޯމަ ދުވަހުގައެވެ.

ގޯތި ލިބުނު މީހުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން މިއަދު ގުރުއަތު ނެގުމަށް، ގޮސްފައި ދަރުބާރުގެއަށް ދިޔައެވެ. އެހެން ނަމަވެސް ގުރުއަތު ނެގުން ބޭއްވުމަށް ކަނޑައަޅާފައިވާ ތަނަށް ދިޔުމުން، ފޮށި ކަރުދާސްކޮޅު ނަގާނީ ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން ކަން އެނގުމުން ބައެއް މީހުން ވަނީ އެކަމާއި މެދު ހިތް ހަމަނުޖެހުން ފާޅުކޮށް، އެކަމަކީ، ރަނގަޅު ސަރަހައްދުތައް ވަކި ބަޔަކަށް ދިނުމަށް ހިންގާ އޮޅުވާލުމެއް ކަމުގައި ތުހުމަތުކޮށްފައެވެ. އަދި ގުރު ނަގަން އެތައްހާސް ބަޔަކު، ވަޒީފާތަކުގެ މަސައްކަތް ދޫކޮށް އައުމުން އެގޮތަށް އެކަން ވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމުގައިވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ގިރާވަރުފަޅާއި ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައެޅުމަށް ގުރުއަތު ނަގާ މިއީ ދެވަނަ ފަހަރެވެ. ދަރުބާރުގޭގައި ގުރުއަތުލުން ކުރިޔަށް ދާއިރު، ގުރުއަތު ނަނގަމުންދާ ތަރުތީބުން، ޕޯޓަލްއަށް އެ މައުލޫމާތު ވަގުތުން ގެންދަނީ އަޕްލޯޑް ކުރަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި 9000 ވުރެ ގިނަ މީހުން ޝަރުޠު ހަމަވެ އެ އެންމެންނަށްވެސް ގޯތި ދިނުމަށް ކުރީ ސަރުކާރުން އޮތީ ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.