Advertisement

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ---

28 Oct 2024
ޚަބަރު

ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލެއްވުމަށް ޝާހިދު ގޮވާލައްވައިފި

ރާއްޖެ ބަލައިގެންފައިވާ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ (ނ.ޣ.ޢ.ވ) ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އިދިކޮޅު މައިޕާޓީ އެމްޑީޕީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި ޝާހިދު މިކަމަށް ގޮވާލެއްވީ، އިލެކްޝަންސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސުން ކަނޑައަޅައި ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިޚްތިޔާރު ލިބޭ ގޮތަށް ޤާނޫނަށް އިސްލާޙް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

ޝާހިދުގެ ޕޯސްޓުގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 2008 ގައި ޢަމަލުކުރަންފެށި ގާނޫނުއަސާސީން ލިބިދީފައި އޮތް މިނިވަން ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލާ، ބާރުތައް ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށް، ޚުދްމުޚްތާރުވެރިކަމެއް މިރާއްޖޭގައި ގާއިމް ކުރުމަށް މިސަރުކާރުންް ގެންގުޅޭ ނުރައްކާތެރި ސިއްރު އެޖެންޑާގެ ބައެއް ކަމަށެެވެ. އަދި އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް ފަހުގެ ތާރީޚެއްގައި ކުރިމަތި ވަމުންދާ އެންމެ ބޮޑު ނުރައްކާ ކަމުގައިވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެހެންވެ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނެސް، ރާއްޖެ ބަލައިގެންފައިވާ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރުމަށް ކުރަމުންދާ އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާ ކަމުގައި ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދުގެ އިތުރުން ސިޔާސީ އެހެން ފަރާތްތަކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Apr 2025
ޚަބަރު
ރައީސް މުޢިއްޒު ވެރިކަން ދިފާއުކުރައްވަން މަސައްކަތްކުރައްވަނީ ރައްޔިތުން އަޅުވެތިކޮށްގެން: ބިގޭ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަން ދިފާއުކުރައްވަން މަސައްކަތްކުރައްވަނީ ރައްޔިތުން އަޅުވެތިކޮށްގެންކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
19 Apr 2025
ޚަބަރު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި
އަސްކަރިއްޔާގެ ހިނގާލުމުގައިކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ ސިފައިންނާއި އުޅަނދުތައް ވަނީ ދައްކާލާފައެވެ.
19 Apr 2025
ޚަބަރު
ލޯފަން ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކޮށްފި
ކުރިމަތިވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ލޯފަން ނުވަ ދަރިވަރަކު ރޭ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފިއެވެ.
19 Apr 2025
ފަލަސްތީން
"އުންމަތް ފަލަސްތީނާއި އެކު" ހިނގާލުން ބާއްވައިފި
މި ހިނގާލުން ބާއްވާފައި ވަނީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލާ ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށްދިނުމަށެވެ.