Advertisement

އުދަ އަރައި އަނިޔާވި މީހުން ފުލުހުންގެ ކާރަށް އަރުވަނީ ---

05 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

ބުރިޖާއި ހައިވޭ ގުޅޭ ސަރަހައްދަށް އުދައަރައި އެތައް ބަޔަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖާއި ހައިވޭ ގުޅޭ ޓްރެފިކް ލައިޓް ޖަންގްޝަނަށް އުދަ އަރައި މަދުވެގެން 8 މީހަަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މިހާދިސާގައި ގިނަ ބަޔަކަށް އަނިޔާވީ، ވެހިކަލްތައް ލައިޓް ހުރަސް ކުރަމުން ދިޔަ ވަގުތު އެރި ބޮޑު ރާޅަކާއި ސައިކަލްތައް ކަހާލައިގެން ވެއްޓުމާއި ގުޅިގެންނެވެ. ހުޅުމާލެ ކޮޅުން ބުރިޖަށް އެރުމަށް ދިޔަ 6 ސައިކަލެއް ވަނީ ރާޅާއެކި ކަހާލައި ފަންސާހަކަށް ފޫޓަށް ވުރެ ދުރަށް ގެންގޮސްފައެވެ.

ރާޅާއެކު، ރިވެޓްމެންޓްގައި ޖަހާފައި ހުރި ބޮޑެތި ހިލަތައްވެސް ވަނީ ބުރިޖާއި ހައިވޭ ގުޅޭ ޖަންކްޝަނަށް އަރާފައެވެ.

މިހާދިސާގައި އަނިޔާވި މީހުން ފުލުހުންގެ އުޅަނދުތަކުގައި އުފުަމުން ދިޔަ މަންޒަރުތައް ފެނުނެވެ.

މިއީ މާލެ ސަރަހައްދަށް މިފަހުގެ ތާރީޚެއްގައި އުދަ އަރައި ބަޔަކަށް އަނިޔާވި ފުރަތަމަ ފަހަރެވެ.

މާލެ ސަރަހައްދަށް މިހާރު ވަރަށް ބޮޑަށް އުދަ އަރަމުންދާއިރު، އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލު ވުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.