Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އިނގިރޭސި ރަސްގެފާނާއި ސަލާމް ކުރައްވަނީ ---

27 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އިނގިރޭސި ރަސްގެފާނު ރާއްޖެއަށް ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވައިފި

ފަސޭހަފުޅު ވަގުތެއްގައި، އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ ދިވެހިރާއްޖެއަށް ޒިޔާރަތެއް ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ރަސްގެފާނަށް ދަޢުވަތު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރަސްގެފާނަށް މިދަޢުވަރު އެރުއްވީ، ކޮމަންވެލްތުގެ އިސްވެރިންގެ ޝަރަފްގައި ރަސްގެފާނު ޗާލްސް އާއި ރާނީ ކެމީލާ ދެއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ރަސްގެފާނާއި ސަލާމް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، މިއަހަރުގެ ބައްދަލުވުމުގެ ކާމިޔާބު ބައްދަލުވުމަކަށް ވެގެން ދިޔަކަމާއި، އިންތިޒާމްތައް ރަނގަޅުކަން ފާހަގަކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު މިވަގުތު ހުންނެވީ، ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024)ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ސަމޯއާގެ ވެރިރަށް އަޕިއާއަށް ވަޑައިގެންނެވެ.

ހުސްވި ޑިސެމްބަރު، 2023، ގައި ދުބާއީގައި ބޭއްވި ކޮޕް-28 ގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއިވެސް، ރަސްގެފާނު ޗާލްސްއާ ބައްދަލުވެވަޑައިގެންނެވިއެވެ.

މިހާތަނަށް ދިވެހިރާއްޖެއަށް ވަޑައިގެންނެވި އިނގިރޭސި ރަސްކަމުގެ އެންމެ އިސްވެރިއަކީ، ރަސްގެފާނު ޗާލްސް 3ގެ މަންމާފުޅު، އަވަހާރަވެފައިވާ ރާނީ ކްއީން އެލިޒަބަތު 2 ވަނަ އެވެ. 

އެކަމަނާ ރާއްޖެ ވަޑައިގަތީ ކަނޑުމަގުން، ރޯޔަލް ޔޮޓް ބްރިޓޭނިއާގައި، 1972 ވަނަ އަހަރުގެ މާރިޗު މަހުގެ 13ވީ ހޯމަ ދުވަހުގައެވެ. މާލޭގެ އިތުރުން އެކަމަނާ އައްޑުއަށްވެސް ވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.