Advertisement

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު -

27 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރާއީލުން އީރާނަށް ދިން ހަމަލާތައް ރާއްޖެއިން ކުއްވެރިކޮށްފި

ހުކުރުދުވަހުގެ ރޭ އިޒްރާއީލުން އީރާނަށް ދިން ހަމަލާތައް ދިވެހިރާއްޖެއިން ކުއްވެރިކޮށްފިއެވެ. 

އިޒްރޭލުގެ ހަމަލާތައް ކުއްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، އިރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބުނެ އިޒްރާއީލުން ދިން ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށާއި، ދިވެހި ސަރުކާރުން އެހަމަލާތައް ކުއްވެރި ކުރާ ކަމަށެވެ. ޚާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ފުޅާވިޔަ ނުދީ ސުލްޙަ ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ބައިނަލްއަޤުވާމީ ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރާއީލުން ވަނީ، އީރާނުގެ އަސްކަރީ 20 މަރުކަޒަކަށް ހަމަލާދީފައެވެ.

މިހާރު ފެށިގެން އުޅޭ ހަމަނުޖެހުންތަކުގައި އެންމެ ފުރަތަމަ އިޒްރޭލުން ސީރިޔާގައި ހުރި އީރާނުގެ އެމްބަސީއަށް ހަމަލާދީ އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިސަރަކު ވަނީ އަވަހާރަކޮށްލާފައެވެ. އޭގެ އިތުރުން، ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލީވެސް އޭނާ އީރާނުގައި ހުންނަވަނިކޮށް އިޒްރޭލުންނެވެ. މީގެ އިތުރުން އީރާންގެ ރައީސް، އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރުވެއްޓި އޭނާ އަވަހާރަވުމުގައިވެސް އިޒްރޭލުގެ އަތެއް ވެދާނެކަމަށް ތުހުމަތުކުރެވިފައިވެއެވެ.

އެ ހަމަލާތަކުގެ ބަދަލު ހިފުމެއްގެ ގޮތުން އީރާނުން، މި އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ވަނީ އިިޒްރޭލު އަސްކަރ މަރުކަޒުތަކަށް 200 ވުރެ ގިނަ ރޮކެޓާއި ބެލެސްޓިކް މިސައިލް އަދި ހައިޕަރ ސުޕަރސޮނިކް މިސައިލުންނާއި ޑްރޯނުން ހަމަލާތައް ދީފައެވެ. އެހަމަލާތަކުގައި އިޒްރޭލުން ނަވަތިމް އެއާ ބޭސް މުޅިން ހަލާކުކޮށްލިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.