Advertisement

މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން ފެނުނު ބާވަތުގެ ކަނޑު ހަރުފައެއް ---

26 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން ބަޔަކު ކަނޑު ހަރުފައެއް ހިފައިފި

މާލޭ ދެކުނު ފަރާތު ފަޅުތެރެއިން އިއްޔެ ބަޔަކު ވިހަ ގަދަ ކަނޑު ހަރުފައެއް ހިފައިފިއެވެ.

ބަނޑުދަށުގައި ރީނދޫކުލައިގެ ރޮނގެއް ހުންނަ މި ކަނޑު ހަރުފަ ފެނިފައި ވަނީ، ހުކުރު ދުވަހު ހެނދުނު، މާލޭ ދެކުނު ފަރާތު ފަޅު ތެރެއިން ލޯންޗު ފަހަރު އަޅާފައި އޮންނަ ސަރަހައްދުންނެވެ. މިކަނޑު ހަރުފަ ފެނުނު މީހުން ވަނީ، އޭތި ހިފައި ހަންބުރިއަކަށް ލުމަށް ފަހުގައި، މާލޭގެ ދެކުނު ފަރާތުން ވާދޫ ކަނޑު ތެރެއަށް ދޫކޮށްލާފައެވެ.

މިކަނޑު ހަރުފައަކީ، މޫދުގައި ދިރިއުޅޭ މިފަދަ ބާވަތްތަކުގެ ތެރެއިން އެންމެ ވިހަގަދަ އެއް ބާވަތްކަމުގައި، ކަނޑުތަކުގެ ދިރުންތަކާއި ގުޅޭ މައުލޫމާތު ޝާޢިއުކޮށްފައިވާ ވެބްސައިޓްތަކުގައި ބުނެފައި ވެެެއެވެ. މިހަރުފައަށް ދީފައިވާ ނަމަކީ، ޔެލޯ ބެލީޑް ސީ ސްނޭކްއެވެ.

މީގެ ކުރިންވެސް ހަމަ މިބާވަތުގެ ކަނޑު ހަރުފައެއް 2019 ވަނަ އަހަރު، ހދ. މަކުނުދޫ ކައިރިން ފެނިފައިވެއެވެ.

މިބާވަތުގެ ކަނޑު ހަރުފައަކީ، އިންޑިއާކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ އެއްޗެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.