Advertisement

ޓްރާންސްޕޯޓް މިނިސްޓަރ އަމީން --

26 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ނޮވެމްބަރު މަހުންފެށިގެން އަލުން ޑޮމައިން ނަމްބަރު ވިއްކަނީ

މިފެށޭ ނޮވެމްބަރު މަހުންފެށިގެން އަލުން ޑޮމެއިން ނަމްބަރުތައް ދޫކުރަން ފަށާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިކަން ހާމަކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޑޮމެއިން ނަމްބަރުތައް ދޫކުރުމަށް އެކަށައަޅާފައިވާ އުސޫލުތައް މިހާރު އިސްލާޙްކޮށްފައިވާކަމަށެެވެ. އަދި ޑޮމެއިން ނަމްބަރުތައް ދޫކުރުން ހުއްޓާލީ، ކުރީ ސަރުކާރުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. ޑޮމައިން ނަމްބަރުތައް ދޫކުރުން ހުއްޓާލީ، އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވުމާއެކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިގެންނެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މި ޚިދުމަތަކީ، ދިވެހިންގެ މެދުގައި އަދި ވަކިން ޚާއްޞަކޮށް ޒުވާނުންގެ މެދުގައި، ނުހަނު މަޤުބޫލުކަން ލިބިފައިވާ، އަދި ޑޮމެއިން ގަތުމަށާއި ގުޅުންހުރި ޚިދުމަތް ހޯދުމަށް އެފަރާތްތަކުން ބޮޑެތި ހޭދަތައްވެސް ކޮށްފައިވާ ޚިދުމަތެއް ކަމަށާއި، އެހެންވެ ޚިދުމަތް އަލުން ފެށުމަށްޓަކައި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަކީ މި ސަރުކާރުން ވަރަށް ޙާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށްގެންދާ މަސައްކަތެއް ކަމަށެވެ. 

އަދި އަލުން މި ޚިދުމަތް ފެށުމުގައި ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ، ވޭތުވެދިޔަ ތަނުގައި ޑޮމެއިންގެ ރެކޯޑުތައް ހަރުދަނާ ގޮތެއްގައި މިނިސްޓްރީގައި ބެލެހެއްޓިފައި ނެތުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ހަރުދަނާ އުޞޫލުތަކެއް އެކުލަވާލާފައި ނެތުން ކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. 

"މި މިނިސްޓްރީގެ މިހާރުގެ އަމާޒަކީ، އަލުން ޑޮމެއިންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާއިރު، ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓަރ ކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ކުރިމަގުގައި ދިމާވެދާނެ މައްސަލަތައް މަދުކުރުމަށްޓަކައި، އެކަށީގެންވާ ހަރުދަނާ އަދި ފުރިހަމަ ޤަވާއިދެއް އެކުލަވާލައި އެ ޤަވާޢިދާ އެއްގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި ޑޮމެއިންއާގުޅޭ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން މިވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން ވަރަށް އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރަމެވެ."

ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާން --

ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވީ، އަލަށް ގެެނެވޭ  ބަދަލުތަކާއެކު، އަލުން ޑޮމެއިންގެ ޚިދުމަތްތައް ފަށާއިރު، މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ ގޮތުންނާއި އަދި ޚިދުމަތް ފޯރުކޮށްދިނުމަށް ލުއި ފަސޭހަ ކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ވެސް އިޞްލާޙު ކުރެވިގެންދާ ކަމަށެވެ. މީގެ އިތުރުން، ޑޮމެއިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދޫކުރެވޭ އެންމެހައި ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗަރސްތައް އެކުލެވޭ ލިޔެކިޔުންތަކަށް ބަދަލުވެގެންދާނެކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މިނިސްޓްރީގެ މަޤްޞަދަކީ، ޑޮމެއިން ނަންބަރުތަކާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން ލުއިފަސޭހަ ގޮތެއްގައި ޙައްލު ހޯދައިދީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށް ހެދުން ކަމުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.