Advertisement

05 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

ހޯރަފުށި އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

ހއ. ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި އެވެ. ހޯރަފުށި އެއާޕޯޓުގެ މި ދަތުރުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. މިއީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ހިންގާ އެއަރޕޯޓެކެވެ އަދި ފުރަތަމަ ދަތުރު ކޮށްފައިވަނީ ރޭގައެވެ.

ރޭގަނޑުގެ ދަތުރުތައް ފެށުމަށް އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ރޭގަނޑުގެ ދަތުރުތައް ފެށުމަކީ ރައްޔިތުންނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ. އެގޮތުން، ބޭސްފަރުވާއަށް ކުއްލި ހާލަތުގައި ކުރަންޖެހޭ ދަތުރުތައް ހެނދުނަށް ފަސްކުރަން ޖެހުން ފަދަ އުނދަގޫތަކަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ ވިދާޅުވީ، ރޭގަނޑު ދަތުރުތައް ފެށުމުގެ ސަބަބުން ރަށުގެ އިޤްތިސާދަށް ފައިދާތަކެއް ލިބޭނެކަމަށެވެ.

"ރޭގަނޑުގެ ދަތުރުތައް ފަށައި ދަތުރުތައް އިތުރުވުމަކީ ފަތުރުވެރިކަން ފުޅާވެގެން ދާނެ ކަމެއް. މިއީ ގެސްޓްހައުސްތަކުގެ އެނދުތައް އިތުރުކުރުމަށް މަގުފަހިވާނެ ކަމެއް." 

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ

ރޭގަނޑުގެ ދަތުރުތައް ފެށުމާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފަ އެވެ.

އާރްއޭސީއެލްއިން އަންނަނީ މާވަރުލު އެއާޕޯޓުގައި ވެސް ރޭގަނޑުގެ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންނެވެ.

ހޯރަފުށި އެއާޕޯޓުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓުގައި ވެސް އެ ކުންފުނިން ދަނީ ރޭގަނޑު ދަތުރުތައް ކުރުމުގެ ހިދުމަތް ދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.