Advertisement

04 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

ޕްލާސްޓިކް ފުޅީގައި ހުންނަ ސުޕާރިވެސް އަންނަ ޖަނަވަރީ މަހުން ފެށިގެން ވިއްކުން މަނާ

ޕްލާސްޓިކް ފުޅީގައި ހުންނަ ސުޕާރިވެސް ރާއްޖެ އެތެރެކޮށް ވިއްކުން 1 ޖެނުއަރީ 2024އިން ފެށިގެން މަނާކުރުމަށް ނިންމައިފިއެވެ. މިކަން މިގޮތަށް ނިންމަވާ "އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެތެރެކޮށް ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅާފައިވާ އުސޫލު"ވެސްވަނީ މުރަޖާޢާކޮށްފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވީ ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވާފައިވާ 13 ބާވަތުގެ ތެރެއިން 2 ބާވަތަކަށް އިސްލާޙު ގެންނަވާފައިވާކަމަށެވެ. އެގޮތުން ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ އެއް ބާވަތަކީ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައިވާ ސުޕާރީއެވެ. އެހެންނަމަވެސް ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެތެރެކޮށް ވިއްކަމުންދާކަން ފަހަކަށް އައިސް ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފަދަ ބާވަތްތަކުގައި ނުވަތަ ޕްލާސްޓިކް ފުޅީގައި ބަންދުކޮށް ވިއްކަމުންދާ ސުޕާރީގެ ބާވަތްތައް "ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ޕްލާސްޓިކްގެ" ލިސްޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި 1 ޖެނުއަރީ 2024އިން ފެށިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފަދަ ބާވަތްތަކުގައި ނުވަތަ ޕްލާސްޓިކް ފުޅީގައި ބަންދުކޮށް ވިއްކަމުންދާ ސުޕާރީގެ ބާވަތްތައް ބޭނުންކުރުން މަނާވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިލިސްޓުގެ ތެރެއިން ދެން އިސްލާޙު ގެންނަވާފައިވަނީ 50މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ ބާވަތްތަކެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއަށް މިބާވަތް އެތެރެކުރުމަށް ހުއްދަ ދޫކޮށްފައިވާ މުއްދަތުގައި، އެއްކުރެވިފައިވާ ސާމްޕަލްތަކުން ރާއްޖެއަށް އެތެރެކުރާ ހުރިހާ ކޮތަޅެއްގެ ބޯމިންވެސް ހުންނަނީ 50މައިކްރޯންއަށްވުރެ ތުނިކޮށްކަން ރިކޯޑުކުރެވިފައިވާކަމަށެވެ. އެހެންކަމުން މިކަންކަމަށް ވިޔަފާރިވެރިންނާއި ޢާއްމުން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މުއްދަތެއް ދެއްވުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކޮށް އުފެއްދުން މަނާވާ ތާރީޚު 1ޖެނުއަރީ 2024އަށް ފަސްކުރައްވާފައިވާ ކަމަށެވެ. އަދި މިބާވަތުގެ ކޮތަޅު ރާއްޖޭގައި ބޭނުންކުރުން މަނާވާ ތާރީޚަކީ 1ޖޫން 2024ކަމަށްވެސް ސަރުކާރުންވަނީ ކަނޑައަޅުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.