Advertisement

ފޮޓޯ: ޒުވާން މަސްވެރިޔާ

03 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ފައިސާ ސީދާ އޮޑިވެރިޔާއަށް ލިބޭގޮތަށް ބަދަލުކޮށްފި

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މަސްވެރި ދޯނިފަހަރުގައި ރެފްރިޖަރޭޓެޑް ސީ-ވޯޓަރ ސިސްޓަމް (އާރު އެސް ޑަބްލިއު  ސިސްޓަމް) ހަރުކުރުމަށް ބޭނުންވާ ފައިސާ ސީދާ މަސްވެރި އުޅަނދުފަހަރުގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާވާގޮތަށް ބަދަލު ގެނެސްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، އުޅަނދު މިހާރު މިގެނައި ބަދަލާއެކު އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރަން ބޭނުންވާ އުޅަނދުގެ ވެރި ފަރާތުން އަމިއްލައަށް އެ ސިސްޓަމް ގެނެސް އުޅަނދުގައި ހަރުކުރުމަށް ފައިސާ ހަމަޖެއްސުމުގެ ފުރުސަތު ފައިވެފައިވާކަމަށެވެ. ކުރިން މި ފައިސާ ދޫކުރަނީ މި ސިސްޓަމް އިންސްޓޯލް ކޮށްދޭ ކުންފުންޏަށެވެ.

މިލޯނު ޕްރޮގްރާމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނެ އެންމެ ގިނަ އަދަދަކީ، 5 ލައްކަ ރުފިޔާއެވެ. މި ފައިސާ ބޭނުންކުރަން ޖެހޭނީ އާރް.އެސް.ޑަބްލިއު ސިސްޓަމް ގަނެ އިންސްޓޯލްކުރުމަށެވެ. 6 އިންސައްތަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ މިލޯނު އަދާކުރަން ޖެހެނީ 6 އަހަރު ދުވަހުގެ ތެރޭގައެވެ.

މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމުގެ ޕްރޮގްރާމަކީ މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދެއްވުމުގެ ގޮތުންނާއި، މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް، ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ދަށުން ކުރިއަށްގެންދަވާ ޕްރޮޖެކްޓެކެވެ. މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެއްވުމަކީވެސް މި ޕްރޮޖެކްޓްގެ މަޤްޞަދެކެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ދޫކުރަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި، ފިޝަރީޒް މިނިސްޓްރީ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.