Advertisement

މާލޭގެ މަގުމަތި --

22 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ނުހައްޤު ފައިދާ ނަގާ ގަރާޖު ސިޓީ ހުށައަަޅަން ނުޖެހޭ ގޮތަށް ޤަވާއިދަށް ގެނައި ބަދަލަށް މިސަރުކާރުން އެއްވެސް އިރަކު އަމަލެއް ނުކުރޭ: ޓްރާންސްޕޯޓް

ޓެކްސީ ރަޖިސްޓްރީ ކުރުމުގައި، ރިޝްވަތާއި ނުޙައްޤު މަންފާއަށް މަގުފަހު ކުރުވާފައި އޮތް ގަރާޖު ސިޓީއަކީ ޓެކްސީ ރަޖިސްޓްރީ ކުރުމަށް ކޮންމެހެން ބޭނުން އެއްޗެއް ކަމަށް ކަނޑައަޅައި އެންމެ ކުރިން ޤަވާއިދު އޮތް ގޮތަށް މިހާތަނަށްވެސް މިސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީން އައީ ޢަމަލުކުރަމުން ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ގަރާޖު ސިޓީއަކީ، ޓްރާންސްޕޯޓުގެ ބައެއް މުވައްޒަފުންނާއި، މާލޭގެ ބައެއް ބިންވެރިން ގުޅިގެން އެތައް އަހަރެންކުރިން ފެށިގެން ހިންގަމުން އައި، ރިޝްވަތާއި ނުހައްޤު މަންފާ ހޯދުމުގެ ވަޞީލަތެއްކަމަށް ހަދާފައި އޮތް އިރު، ގަރާޖު ސިޓީ އުވާލުމަށް ރައްޔިތުން އައީ ގޮވާލަމުންނެވެ. ކުރީ ސަރުކާރުގައި ޓްރާންސްޕޯޓުގެ ޤަވާއިދަށް ގެނައި ބަދަލުގެ ތެރެއިން ގަރާޖު ސިޓީ އާއި ނުލައި، އަދި ގަރާޖު ސިޓީގެ ބަދަލުގައި ވެހިކަލް ރަޖިސްޓްރީކޮށް ދިނުމަށް 10،000ރ ގެ ފީއެއް ނެގުމަށް ހަމަޖައްސައި ޤަވާއިދަށް ބަދަލު ގެނައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން، ޤަވާއިދަށް ގެނައި ބަދަލު ދިފާޢުކޮށް އެކްސްގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މިދިޔަ ހަފްތާގައި ޓެކްސީ ގަވާއިދަށް ގެނެވުނު 3 ވަނަ އިސްލާޙަކީ، 2023 ވަނަ އަހަރުގެ ފަހުކޮޅު ގަރާޖަކާ ނުލާ 10،000 ރުފިޔާއަށް ޓެކްސީ ރެޖިސްޓަރ ކުރެވޭނެކަމަށް ގެނެވުނު އިސްލާޙް އުނިކުރުމަށް ފަހު، ކުރިންވެސް އޮތްގޮތަށް ޓެކްސީ ގަވާއިދަށް އަމަލުކުރުމަށް ގެނެވުނު އިސްލާޙެއް ކަމަށެވެ. އަދި 2023 ވަނަ އަހަރު ގެނެވުނު ބަދަލަކީ ޤާނޫނީގޮތުން ކުރިއަށް ނުގެންދެވޭނެ ނިންމުމެއް ކަމަށް އެޓަރނީޖެނެރަލްގެ އޮފީހުން 2023 ވަނަ އަހަރުގެ ނޮވެމްބަރ 9 ވަނަ ދުަވަހު ލަފާ ދެއްވާފައިވާ ވާތީ އެ އިސްލާހަށް އެއް އިރެއްގައިވެސް އެ މިނިސްޓްރީން އަމަލުކޮށްފައި ނުވާކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

މިސަރުކާރުގެ މިފާއިތުވި 10 މަސް ދުވަހުގެ ތެރޭގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ރަޖިސްޓްރީ ކޮށްދެމުން އައީ ގަރާޖު ސިޓީ ހުށައެޅުމުންނެވެ. މާލޭގެ ބައެއް ބިންވެރިން ގަރާޖު ސިޓީއެއް މިހާރު ވިއްކާ އަގަކީ، 15000ރ ކަމުގައި، އަލަށް ޓެކްސީ ގެ ގޮތުގައި ކާރު ރެޖިސްޓްރީ ކުރުމަށް ހުށައެޅި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ގަރާޖު ސިޓީއަކީ، ނުހައްޤު ފައިދާ ހޯދުމަށް ވިއްކަމުން އަަންނަ ލިޔުމަަކަށް ވާއިރު، އެއް ގަރާޖަކަށް 80 ވުރެ ގިނަ ކާރު ރަޖިސްޓްރީކޮށްފައި އޮތްކަންވެސް ނިމި ދިޔަ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.